އިސްމާއިލް ރިޒާ
10 ޑިސެމްބަރ 2023 - 12:29
0 comments
އެލައިޑް އިންޝުއަރެންސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމަށް އެ ކުންފުނީގެ މެނޭޖަރެއްގެ މަގާމުގައި ހުންނެވި ހުސައިން ލުވައިޒް އައްޔަންކޮށްފި އެވެ.

އެލައިޑް އިންޝުއަރެންސްގައި އޮގަސްޓް 2002 އިން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ލުވައިޒް މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރައްވާފައިވަނީ މިއަދު އެވެ. ކުންފުނީގެ ތެރޭގައި ކުރިއެރުން ހޯއްދަވަމުން، އެމްޑީގެ މަގާމަށް އައްޔަންކުރުމުގެ ކުރިން އޭނާ ހުންނެވީ އެލައިޑްގެ ކްލެއިމްސް ސެކްޝަންގެ މެނޭޖަރުގެ މަގާމުގަ އެވެ.
ލުވައިޒް ވަނީ ލަންޑަންގެ ޗާޓަޑް އިންޝުއަރެންސް އިންސްޓިޓިއުޓް އާއި ދަ އޮސްޓްރޭލިއަން އެންޑް ނިއު ޒީލޭންޑް އިންސްޓިޓިއުޓް އޮފް އިންޝްއުަރެންސް އެންޑް ފައިނޭންސް އިން ތައުލީމު ހާސިލުކުރައްވާފަ އެވެ.ލުވައިޒްގެ ކުރިން އެލައިޑްގެ އެމްޑީއަކަށް ހުންނެވީ އެ ކުންފުނީގައި 29 އަހަރު ވަންދެން ހިދުމަތް ކުރެއްވި މުހައްމަދު ޝަފާޒް އެވެ.