އެލައިޑު މޮބައިލް އެޕް އަޅައިގެން ބައިލައްކަ ރުފިޔާގެ އިންޝުއަރެންސް ވައުޗަރއެއް ހޯދުމުގެ ފުރުސަތު
މުޙައްމަދު އަފްރާޙް
28 ފެބުރުއަރީ 2020 - 14:33
0 comments
އެލައިޑު މޮބައިލް އެޕް އަޅައިގެން ބައިލައްކަ ރުފިޔާގެ އިންޝުއަރެންސް ވައުޗަރއެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ ކުންފުނީގެ މޮބައިލް އެޕްލިކޭޝަން އަޅާ، އެއަށް ރަޖިސްޓްރީކޮށްގެން ބައިލައްކަ ރުފިޔާގެ އިންޝުއަރެންސް ވައުޗަރހޯދުމުގެ ފުރުސަތު އެކުންފުނިން ހުޅުވާލާފައިވަނީ ދަރުބާރުގޭގައި މިހާރު ކުރިއަށްދާ މޯލްޑިވްސް ލިވިން އެކްސްޕޯގައެވެ.
މި ޕްރޮމޯޝަނުގައި އެކްސްޕޯ ކުރިއަށްދާ ތިން ދުވަހުގެ ތެރެއިން ކޮންމެ ދުވަހަކުވެސް ފަސް ނަސީބުވެރި ފަރާތެއް ހޮވާނެ ކަމަށް އެލައިޑުން ބުންޏެވެ.
އެލައިޑުން ބުނީ އެކްސްޕޯގައި އެލައިޑްގެ ސްޓޭންޑުން މި އެޕްލިކޭޝަންގެ ކިއުއާރު ކޯޑު ސްކޭން ކޮށްލެވޭނެ ކަމަށާއި އެޕްލިކޭޝަން އިންސްޓޯލްކޮށްފައި ރަޖިސްޓްރީ ކުރާ ފަރާތްތަކުގެ މެދުގައި ލަކީޑްރޯ ނަގާނީ ކަމަށެވެ. އަދި ލަކީޑްރޯ އޮންނާނީ ކޮންމެ ދުވަހަކުވެސް މޯލްޑިވްސް ލިވިންގ އެކްސްޕޯ ނިންމާލާ ވަގުތުގައި ކަމަށްވެސް ބުންޏެވެ.
"މި ވައުޗަރ އޮންލައިންކޮށް ވެސް ރެޑީމް ކޮށްލެވޭނެ. އިންޝުއަރެންސް ކުރަން ބޭނުންވާ ފަރުނީޗަރާއި ގޭތެރޭގައި ހިފާ ގެންގުޅޭ ސާމާނުގެ ފޮޓޯއެއް، އެއާ އެކު އެޕްލިކޭޝަނުން ފޮނުވާލެވޭނެ. އެލައިޑްގެ ހޯމް ކޮންޓެންޓް އިންޝުއަރެންސްގެ ދަށުން ވައްކަމާއި ކާރިސާތަކުން ގޭތެރޭގައި ހިފައި ގެންގުޅޭ ސާމާނާއި ފަރުނީޗަރަށް ލިބޭ ގެއްލުން ކަވަރު ކޮށްދޭނެ." އެލައިޑުން ބުންޏެވެ.
40 ކުންފުންޏެއް ބައިވެރިވާ މި އެކްސްޕޯ މި ފެބްރުވަރީ މަހުގެ 27 ން 29 އަށް ދަރުބާރުގޭގައި ކުރިއަށްގެންދާ އިރު، ހުޅުވާ ގަޑިތަކަކީ މެންދުރު 14:00 ން 18:00 އަށް އަދި ރޭގަނޑު 20:00 އިން 23:00 އަށެވެ.