ވިޔަފާރި
50 އިންސައްތަ ޑިސްކައުންޓާއިއެކު އެލައިޑް ލައިފް ޕްރޮމޯޝަން ތައާރަފުކޮށްފި
އެލައިޑް އިންޝުއަރެންސްއިން، "އެލައިޑް ލައިފް ޕްރޮމޯޝަން"ގެ ނަމުގައި މުޅިން އާ ޕްރޮމޯޝަނެއް ލޯންޗުކޮށްފި އެވެ.

އެލައިޑް މައި އޮފީހުގައި މިއަދު ބޭއްވި ކޮންފަރެންސްގައި މި ޕްރޮމޯޝަނާއި ބެހޭގޮތުން މައުލޫމާތު ދެއްވީ ކުންފުނީގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ފިރުޝާން އާއި މާކެޓިންގ މެނޭޖަރ އައިޝަތު ސުދާ އެވެ.

އެލައިޑް އިން ބުނީ މިއަދު ލޯންޗްކުރެވުނު މި ޕްރޮމޯޝަންގެ ތެރެއިން އެލައިޑް ލައިފް އިންޝުއަރަންސް ޕްލޭނެއް ބައްލަވައިގަންނަވާ އެންމެ ފުރަތަމަ 50 ކަސްޓަމަރުންގެ ފުރަތަމަ މަހުގެ ޕްރިމިއަމްއިން %50ގެ ޑިސްކައުންޓެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

1 ސެޕްޓެންބަރުން ފެށިގެން 31 ޑިސެންބަރުގެ ނިޔަލަށް ޕްރޮމޯޝަން ކުރިޔަށްދާއިރު، މިމުއްދަތުގައި އެންމެ ފުރަތަމަ ނަގާ 50 ލައިފް އިންޝުއަރަންސް ޕްލޭން ގުނާނީ އިންޑިވިޖުއަލް ޓަރމް އެޝުއަރަންސް ޕްލޭން ނުހިމަނާކަމުގައި އެކުންފުނިން ބުންޏެވެ.

މިޕްރޮމޯޝަންގެ ތެރެއިން ތަފާތު ހަރަކާތްތައް ކުރިޔަށްގެންދިޔުމަށް އެލައިޑުން ވަނީ ނިންމާފަ އެވެ. އެގޮތުން، ކޮންމެ އަހަރަކުވެސް ގިނަ ބައެއްގެ ތަރުހީބާއި އެކު ކުރިޔަށްގެންދާ ފޯރިގަދަ އާއިލީ ހަވީރު؛ "އެލައިޑް ފެސްޓް" މިއަހަރުވެސް ކުރިޔަށްދާނެ ކަމުގައި އެލައިޑުން މައުލޫމާތު ދެއެވެ. 13 ސެޕްޓެންބަރުގައި ހުޅުމާލެ، ސެންޓްރަލް ޕާކްގައި ބާއްވާ މި ހަވީރުގެ އިތުރުން، އެކި ވުޒާރާތަކާއި އޮފީސްތަކަށް ހާއްސަކޮށްގެން މައުލޫމާތު ސެޝަންތައް ކުރިޔަށްގެންދިޔުމަށްވެސް އެލައިޑުން ވަނީ ރާވާފަ އެވެ.

މީގެ އިތުރުން، އެކި ވުޒާރާތަކާއި އޮފީސްތަކަށް ހާއްސަކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންދިއުމަށް އެލައިޑުން ވަނީ ރާވާފައެވެ.

އެ ޕްރޮމޯޝަނާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް އެލައިޑުގެ ހޮޓްލައިން ނަންބަރ 1600 އަށް ގުޅުއްވާއި އަދި ވެބްސައިޓްގެ ލައިވް ޗެޓް ހިދުމަތް ވެސް ލިބިގެންދާނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު