
މި ގިވްއަވޭ ކެމްޕެއިން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ އެޕްރީލް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އެ ކުންފުނީގެ ރަސްމީ އިންސްޓަގްރާމް ޕޭޖް، އެލައިޑް.އެމްވީ އަށް ފޮލޯކޮށް، އެ ކެމްޕެއިނާ ގުޅޭ ޕޯސްޓުގެ ކޮމެންޓް ސެކްޝަންގައި ހަ އެކުވެރިން ޓެގްކޮށް، އަމިއްލަ އެކައުންޓްގެ ސްޓޯރީގައި އެ ޕޯސްޓު ޝެއާ ކޮށްގެންނެވެ. އެލައިޑުން ބުނި ގޮތުގައި މި ޕްރޮމޯޝަނުގައި ކޮންމެ ކޮމެންޓެއްގައި ވެސް ތަފާތު 6 ބޭފުޅުން ޓެގްކުރަން ޖެހޭނެ އެވެ. އަދި ގިނަ ކޮމެންޓްތައް ކުރެއްވުމުން ގުރުއަތުން ހޮވުމުގެ ފުރުސަތު ބޮޑުވެގެންދާނެ އެވެ.