ޚަބަރު
ދިފާއީ ދާއިރާއާ ހިމެނޭހެން 7 ދާއިރާއަކުން ރާއްޖެ އާއި ލަންކާއާ ދެމެދު އެއްބަސްވުންތަކެއް
ސްރީ ލަންކާ އާއި ރާއްޖެއާ ދެމެދު ހަތް ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެމްއޯޔޫތަކެއްގައި މިއަދު ސޮއިކޮށްފި އެވެ.

ދިވެހިރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރުމަށްޓަކައި ސޮއިކުރި 7 ފަހުމުނާމާ އަކީ...

• ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން އާކުރުން
• އަރުޝީފު ބެލެހެއްޓުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން
• މުދައްރިސުންނާއި ސްކޫލްތަކުގެ އިސްވެރިން ތަމްރީނުކުރުމާއި ހުނަރު ތަރައްގީކުރުން
• ކުޅިވަރާއި ޒުވާނުން ބިނާކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން އާކުރުން
• ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުން
• ދިފާޢީ ދާއިރާގެ ތަޢުލީމާއި، ތަމްރީނާއި، ދިރާސާކުރުމުގެ އެއްބަސްވުން އާކުރުން
• ޔުނިވަރސިޓީ އޮފް ކޮލަމްބޯ އާއި ރާއްޖޭގެ ކަމާބެހޭ އިދާރާތަކާ ދެމެދު ތައުލީމީ ގުޅުން ބަދަހިކުރުން


ރައީސް މުއިއްޒު ވިދާޅުވީ އިންވެސްޓަރުންނާ ގާތް މާހައުލެއް ގާއިމުކުރުމާއި ވިޔަފާރީގެ އާ ފުރުސަތުތަކެއް ފަހިކުރުމަށް ވެސް ދެ ބޭފުޅުންގެ މެދުގައި މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި މާދަމާ ލަންކާގައި ބާއްވާ ބިޒްނަސް ފޯރަމަކީ ރާއްޖެ-ލަންކާ ގުޅުވައިދޭނެ މަގެއް ކަމަށާއި އެއީ ރާއްޖޭގައި ހުރި ފަހި ފުރުސަތުތަކާ ގުޅޭ މައުލޫމާތުތައް ލިބޭނެ ފޯރަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.


ރައީސް ވަނީ އިންޑިއާ ކަނޑުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދެ ޤައުމު ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށާއި މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށް ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ބީއެމްއެލްގެ ބްރާންޗެއް ލަންކާގައި ގާއިމުކުރުމަށް މަޝްވަރާތައް ކުރެވެމުންދާ ކަމަށާއި ލަންކާގެ މާކެޓަށް ރާއްޖޭގެ މަހުގެ ޕްރިމިއަމް އުފެއްދުންތައް ތައާރަފުކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވަމުންދާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.   


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު