ޚަބަރު
ސްރީލަންކާއިން ރައީސް ޑރ.މުއިއްޒަށް ރަސްމީކޮށް މަރުހަބާ ކިޔައިފި
ރައީސް މުއިއްޒަށް ލަންކާ އިން މިއަދު ރަސްމީކޮށް މަރުހަބާ ދަންނަވަނީ - ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ.މުހައްމަދު މުއިއްޒު ސްރީލަންކާއަށް ކުރައްވަމުންދާ ފުރަމާނަ ދަތުުރފުޅުގެ ތެރެއިން އެމަނިކުފާނުގެ ދެކަނބަލުންނަށް ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ރަސްމީކޮށް މަރުހަބާ ވިދާޅުވެއްޖެ އެވެ. 

މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކަ ބައިވެރިވެވަޑައިގަންނަވާފަ އެވެ. މި ރަސްމީއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަށް 21 ބަޑީގެ ސަލާމެއް ވަނީ އަރުވާފަ އެވެ. އަދި އެމަނިކުފާނަށް ރަސްމީ ކުރުނީހެއްވެސް އަރުވާފައިވެ އެވެ. ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ރަސްމީއްޔާތު ނިންމަވާލައްވާފައިވަނީ ދެ ގައުމުގެ ގައުމީ ސަލާމުންނެވެ.

މިރަސްމީއްޔާތުގައި ސްރީލަންކާގެ ސަރުކާރުގެ އިސްވެރިން ވަނީ ބައިރިވެވަޑައިގަންނަވާފަ އެވެ. އަދި ދިވެހި ސަރުކާރުގެ ވަފުދުގެ ފަރާތުން މި ރަސްމީއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފައިވެ އެވެ. 

މި ދަތުރުފުޅުގައި ދެ ރައީސުންގެ މެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވާނެ އެވެ. އެ މަޝްވަރާތަކުގެ ތެރޭގައި ރާއްޖޭގެ ގައުމީ ބޭންކްގެ ގޮތްޕެއް ސްރީލަންކާގައި ހުޅުވުމާއި، ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ވިސާ ހޯދުމުގައި ހުރި ދަތިތައް ހައްލުކުރުން ފަދަ ކަންކަމާމެދު ދެ ބޭފުޅުން މަޝްވަރާކުރައްވާނެ އެވެ. އަދި ހަތް ދާއިރާއަކުން މުހިއްމު އެއްބަސްވުންތަކެއްގައި ދެ ގައުމުގެ މެދުގައި ސޮއިކުރެވިގެންދާނެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު