ސިޔާސީ ޕާޓީތަކުން ހިންގަމުންދާ ގާނޫނާ ހިލާފު ހަރަކާތްތައް ހުއްޓުވައި، އެ ފަރާތްތަކާ މެދު ގާނޫނާ އެއްގޮތަށް ފިޔަވަޅު އެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ގަރާރު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު އެވެ.
ގަރާރުގައި ބުނީ ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށް ފިކުރުކުރުމާއި ހިޔާލުފާޅުކުރުމާއި ސިޔާސީ ޕާޓީ އުފައްދައި ހަރަކާތްތެރިވުމުގެ މިނިވަންކަން ލިބިދޭ ކަމަށެވެ. "މީގެ އެންމެ ދެތިން އަހަރު ކުރިން، މާލޭގެ އެންމެ ބޮޑު، މަޖީދީމަގާއި ބޮޑުތަކުރުފާނު މަގުގައި އަަޅުގަޑުމެންނާ އަވަށްޓެރި އަޅުގަނޑުމެންނަށް އެންމެ އެހީތެރިވެދޭ މަދަދުވެރިވާ އެންމެ ބޮޑު އަވަށްޓެރި ގައުމުގެ ބޮޑުވަޒީރުގެ މާލި ހަދައިގެން ، ކާޓޫނު ހަދައިގެން ޕެރޭޑްކުރި ބައެއް [ޕީއެންސީ މެންބަރުންނަކީ]،" މީކާއީލް ވިދާޅުވި އެވެ.
ގަރާރުގެ ބަހުސްގައި ޕީއެންސީގެ ބައެއް މެމްބަރުން ވިދާޅުވީ ޕާޓީތަކުން ގާނޫނާ ހިލާފު އަމަލުތައް ހިންގާ ކަމަށާއި އެކަން ހުުއްޓުަވަން ފިޔަަވަޅު އެޅުމުގެ އިތުރުން، އެކަން ތަކުރާރުކުރާ ޕާޓީތައް އުވާވެސް ލާން ޖެހޭ ކަމަށެވެ.އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ގާނޫނަކުން ހުއްދަކުރާ ދާއިރާއިން ބޭރުގައި، މަގުތަކާއި އާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ އާންމު ބައްދަލުވުންތަކާއި ހަރަކާތްތައް ބޭއްވުމަކީ ސިޔާސީ ޕާޓީތަކުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށެވެ. އެގޮތުން، ސިޔާސީ ހަރަކާތްތަކާއި އެއްވުންތައް ބޭއްވުމުގައި ހުރިހާ ސިޔާސީ ޕާޓީތަކުން އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ހުއްދަ ކުރާ ދާއިރާގެ ތެރެއިން އަމަލުކުރުމަކީ ގާނޫނުން ލާޒިމް ކޮށްފައިވާ ކަމެއް ކަމަށް ބަޔާނުގައިވެ އެވެ.