ރޭގެ މުޒާހަރާއިން ނުވަ މީހަކު ހައްޔަރުކޮށްފި
ހުސެން ރަޝީދު
14 މެއި 2026 - 10:56
0 comments
ނޫސްވެރިން މިނިވަން ކުރަން ގޮވާލައި، ރޭ ބޭއްވި އިހުތިޖާޖުގެ ތެރެއިން - ފޮޓޯ: ސަން
ހައްޔަރުކޮށްފައިވާ ނޫސްވެރިން މިނިވަން ކުރުމަށާއި ނޫސްވެރިކަމުގެ ދިފާއުގައި ރޭ މާލޭގައި ބޭއްވި މުޒާހަރާއިން ނުވަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ، އެ މީހުން ހައްޔަރުކުރީ، ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސް އަޅައި އަމުރަށް ނުކިޔަމަންތެރި ކަމުގެ ތުހުމަތުގައި ކަމަށެވެ. ރޭގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރޭގައި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝައްމޫން ޖަލީލު ވެސް ހިމެނެ އެވެ.ރޭގެ މުޒާހަރާ އެމްޑީޕީން ފެށީ، ނަޝީދު އިސްވެ ހުންނަވާ، ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ މައި ހަރުގެންއިންނެވެ. އޭރު، އާޓިފިޝަލް ބީޗު ސަރަހައްދުގައި ޕީއެންއެފް އިން ވެސް މުޒާހަރާކުރަމުންދިޔަ އެވެ. އެމްޑީޕީން އިސްވެ ރޭ މުޒާހަރާ ބޭއްވީ ކޯޓުގެ ހުރުމަތް ކެނޑިކަމަށް ކަނޑައަޅައި މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން އަދަދު ނޫހުގެ ދެ ނޫސްވެރިން ޖަލަށް ލުމުންނެވެ.
ކިޔުންތެރިންގެ ޝުއޫރު