ޚަބަރު
ފިޔާޒާއި ހަސަންގެ ޝަރީއަތް ފަށައިފި
ފިޔާޒާއި ހަސަން މިއަދުގެ އަޑުއެހުމަށް ހާޒިރުވަނީ: ޝަރީއަތް މިއަދު ވަނީ ފަށާފައި - ފޮޓޯ: މިހާރު
ރައީސް މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއްކޮށް "އަދަދު" ނޫހުން އުފެއްދި ޑޮކިއުމެންޓްރީއާ ގުޅިގެން، އެ ނޫހުގެ ސީއީއޯ ހުސެން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ކުރާ ގަޒުފުކުރުމުގެ ދައުވާގެ ޝަރީއަތް މިއަދު ފަށައިފި އެވެ.

މި ޝަރީއަތް ކުރިއަށްގެންދަނީ ސިއްރު ކޮށްގެންނެވެ. މިއަދު މެންދުރު 13:00 އަށް ހަސަން އާއި ފިޔާޒު ކްރިމިނަލް ކޯޓަށް ހާޒިރުވި އެވެ.

މައްސަލައިގެ އަޑުއެހުންތައް ފެށިއިރު ދެން އަޑުއެހުމެއް ބާއްވާނީ ދެ ހަފްތާއެއްހާ ދުވަސް ފަހުން ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. 

އެއްކޮށްލައިގެން ކުރިއަށްގެންދާ މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ. އަޑުއެހުންތައް ސިއްރުކޮށްފައިވާތީ، ޝަރީއަތުގައި ދެކެވޭ ވާހަކަތައް ރިޕޯޓުކުރުމާއި އެކަމާ ގުޅޭ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ދެއްކުން ވަނީ އެ ކޯޓުން ނެރުނު 'ގެގް' އަމުރަކުން މަނާކޮށްފަ އެެވެ.

މި މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ އަދަދު ނޫޙަށް ވަދެފައެވެ. އެ ނޫހުން ގިނަ އަދަދެއްގެ ލެޕްޓޮޕާއި ހާޑް ޑްރައިވް ގެންދިޔައެވެ. އެ ތަކެތީގެ ޕާސްވޯޑް ދޭން ވެސް ކޯޓުން މީގެ ކުރިން އަމުރުކޮށްފައިވެއެވެ. އެކަމަކު، މަސްދަރު ހިމާޔަތްކުރުމުގެ ގޮތުން އަދަދު ނޫހުން ނިންމީ އެ ތަކެތީގެ ޕާސްވޯޑު ނުދޭށެވެ.

ނޫސްވެރިން ޖަލަށްލީ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު