ޚަބަރު
ގައިރު ގާނޫނީ ނިންމުންތަކާ ދެކޮޅަށް ތެދުވަން ޖެހޭ: ފައްޔާޒު
ފައްޔާޒު
ގައިރު ގާނޫނީ ނިންމުންތަކާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު މިހެން ވިދާޅުވީ "އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު، ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމައި ޖަލުގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކުރުމާ ގުޅިގެންނެވެ.

އަދަދު ނޫހުގައި ލިޔުނު ހަބަރަކާ ގުޅިގެން "އަދަދު" ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ވަނީ 10 ދުވަހަށް ޖަލަށް ލާފަ އެވެ. 

އަދި ރައީސް މުއިއްޒުއާ ސުވާލުކުރި ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ވަނީ 15 ދުވަހަށް ޖަލަށް ލާފަ އެވެ. 

ފައްޔާޒު ވިދާޅުވި ގޮތުގައި ރައީސްގެ މި އަމަލުން، އަސާސީ ހައްގުތަކަށްޓަކައި ކުރަމުންދާ މަސައްކަތް ބައި ގަރުނަށްވުރެ ފަހަތަށް ވަނީ ސޮއްސާލާފަ އެވެ.

"... ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ މި ސަރުކާރަށް މަޖަލަކަށް ވެދާނެ. އެކަމަކު މި ހައްގުތައް ނިގުޅައިގަތުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް އަޅުގަނޑުމެން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން،" އޭނާ ވިދާޅުވި އެވެ.

އެއާއެކު ފައްޔާޒު ވަނީ އެކަމާ ދެކޮޅަށް، ކުރެވެން އޮތް ގޮތަކަށް އިހްތިޖާޖު ކުރުމަށް ގޮވާލައްވާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު