ޚަބަރު
14،000 އަށްވުރެ ގިނަ މުވައްޒަފުން ކަނޑާނެ، އޭގެ އަސަރު 50000 މީހުންނަށް ކުރާނެ: ފައްޔާޒު
ސަރުކާރު ހިއްސާވާ ކުންފުނި (އެސްއޯއީ) ތަކުން 14،733 މުވައްޒަފުން ކަނޑާލަން ނިންމާފައިވާ ކަމަށާއި، އޭގެ އަސަރު 50،000 އަށްވުރެ ގިނަ މީހުންނަށް ކުރާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ. 

ސަރުކާރު ކުންފުނިތަކުގައި މަސައްކަތެއް ނެތި ވެސް ގިނަ އަދަދެއްގެ މުވައްޒަފުން ތިބޭ ކަމުގެ ޝަކުވާތައް ވަނީ ގިނަވެފައެވެ. އެގޮތުން ސިޔާސީ ބޭނުމަކަށް 'ވަޒީފާ ބެހުމަށް' އެ ކުންފުނިތައް ބޭނުންކުރާ ކަމުގެ ތުހުމަތު އަމާޒުވެއެވެ.

މި ސަރުކާރުގައި މިދިޔަ އޭޕްރިލް މަހުގެ 18ގައި ފިނޭންސް މިނިސްޓްރީން ވަނީ، ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށާއި، ޚަރަދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައި، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓް މަދުކުރުމަށް އަންގައިފަ އެވެ.

އެކަމާ ގުޅިގެން އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ ސަރުކާރު ކުންފުނިތަކުން 14،000 އަށްވުރެ ގިނަ މުވައްޒަފުން ވަކިކުރަން މަސައްކަތް ކުރަމުންދާ ކަމަށާއި އެއީ އެތައް އާއިލާއެއްގެ އާމްދަނީއާ ގުޅޭ ބޮޑު ނިންމުމެއް ކަމަށެވެ. އަދި ވަކިކުރާ މުވައްޒަފުންގެ ތެރޭގައި ގިނައީ އެމްޑީޕީ މީހުން ކަމަށް ވެސް ވިދާޅުވި އެވެ.

"14،733 މީހުންވީމަ އެމީހުންތައް ކަނޑާ ނަގާ މަގުމައްޗަށް މި އެއްލާލަނީ. އެއްލާލާއިރުގައި ބައްލަވާ އެއީ ކިތައް މީހުންނަށް ބަރޯސާވާ އާމްދަނީ ހޯދާ ބައެއްތޯ. 14،000 މީހުންގެ އާމްދަނީ މަދުވެގެން 50،000 މީހުންގެ ދިރިއުޅުމާ ގުޅުންއެބަހުރި."  ފައްޔާޒު ވިދާޅުވި އެވެ. 

"އެއީ މަދުވެގެން 25،000 މީހުންގެ އާމްދަނީއާ ގުޅޭ ކަމެއް. 25،000 މީހުންނަކީ ރާއްޖޭގެ އާބާދީގެ 20-25 ޕަސެންޓް މީހުންގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. ކޮވިޑްގެ ޕެންޑަމިކްގެ ތެރޭގައި އަޅުގަނޑުމެން ސަރުކާރުން 22،945 މީހުން ވަޒީފާ ގެއްލިގެން ނޫނީ މުސާރަ ނުދެވިގެން އަޅުގަނޑުމެން ގެންގުޅުނިން،" 

ފައްޔާޒު ވިދާޅުވީ މިއަދު ޕީސީބީން ރައިޓްސައިޒް ކުރަން ކަމަށް ބުނެ 33 ޕަސެންޓް މުވައްޒަފުން ވަކިކުރާއިރު، މުވައްޒަފުންގެ އަދަދު ކުޅަދާނަ ނުވާ މިންވަރަށް އިތުރުވީ ސަބަބު ވެސް ހޯދަން ޖެހޭ ކަމަށާއި އެކަމުގައި އިހުމާލުވީ މީހުންނަށް ވެސް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ފުރަތަމަ މުވައްޒަފުން ކެނޑުމުގެ ކުރިން، ވަކިކުރަންވީ ކުންފުނިތައް ހިންގަން ތިބި މީހުންނެވެ

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު