ވިޔަފާރި
ފަރުތައް ހިމާޔަތްކޮށް ބަލަހައްޓަން އެމްއެމްއާރްއައި އާއި އެޗްޑީސީ އެބަސްވުމެއްގައި ސޮއިކޮށްފި
ފަރުތައް އާލާކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި އެމްއެމްއާރްއައިގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ. އަމްޖަދު އަހުމަދެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރެވެ.

އެމްއެމްއާރްއައި އިން މައުލޫމާތު ދިން ގޮތުގައި، މި ފަހުމުނާމާގެ މައިގަނޑު މަޤްޞަދަކީ އެޗްޑީސީން ކުރިއަށްގެންދާ ފަރުތައް އާލާކުރުމުގެ މަޝްރޫއުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި އިރުޝާދު ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، ރާއްޖޭގެ ފަރުތައް ދެމެހެއްޓެނިވި ގޮތެއްގައި މޮނިޓަރކޮށް، ސައިންޓިފިކް ދިރާސާތައް ހަރުދަނާކުރުމުގައި އެޗްޑީސީގެ ފުރިހަމަ އެއްބާރުލުން ދިނުން މި އެއްބަސްވުމުގައި ހިމެނޭކަމަށްވެސް ބުންޏެވެ.

މިއީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށާއި، ކަނޑުއަޑީގެ ދިރުންތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތައް ގުޅިގެން އެޅި މުހިންމު ފިޔަވަޅެކެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، މި މަސައްކަތުގެ އެންމެ ބޮޑު އަމާޒަކީ މުރަކަ އާލާކުރުމުގެ މަސައްކަތް މުޅި ރާއްޖެއަށް ފުޅާކޮށް، ފަރުތަކުގެ ނިޒާމު ރައްކާތެރިކުރުމެވެ.

މި އެއްބަސްވުމަކީ ރާއްޖޭގެ ފަރުތަކުގެ ދިރުންތައް އާލާކޮށް، އެ ނިޒާމުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު