ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ފަހި ފްލެޓް ސަރަހައްދުން 670 ޓަނުގެ ކުނި ނަގައިފި
ހުނައިދާ ޔާސިރު
09 އޯގަސްޓް 2026 - 12:52
0
comments
Tweet
Telegram
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަހި ފްލެޓްތައް ކައިރީ އޮތް "ކުނި ފުނި" ސާފުކޮށް އިއްޔެ އެކަނިވެސް 670 ޓަނުގެ ކުނި ނަގައިފި އެވެ.
މިއީ އެ ސަރަހައްދުގައި ހުރި މަދިރި އާލާވާ ތަންތަން ނައްތާލައި، މަދިރީގެ ޒަރީއާއިން ރައްޔިތުންނަށް ދިމާވެފައިވާ ސިއްހީ ނުރައްކާތަކުން ސަލާމަތްކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
އެ ގޮތުން އިއްޔެ ހެނދުނު ފެށި މި ހަރަކާތުގެ ދަށުން، އަމާން ދޯދި 11 އިން ފެށިގެން، 14 ވަނަ ޓަވަރު ހިމެނޭ ސަރަހައްދުގައި ހުރި ކުނިތައް އެކި ބާވަތްތަކަށް ވަކިކޮށް، އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ހުޅުމާލޭގައި މަދިރި އާލާވާގޮތަށް ހުރި ތަންތަން ނައްތާލުމަށް އެޗްޑީސީން އިސް ނަގައިގެން މިހާރު ފަށާފައިވާ "މަދިރިން ރައްކާ" ކެމްޕޭނުގެ ދަށުން އިއްޔެ ސާފުކުރީ މި ކުނިތަކެވެ. އެ މަސައްކަތުގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި ފުލުހުންނާއި ވެމްކޯ އަދި މޯޕާ ވެސް ބައިވެރިވި އެވެ.
އެޗްޑީސީން ބުނީ ސާފުކުރުމުގެ ހަރަކާތް ނިންމުމަށްފަހު، އެ ސަރަހައްދު ހިތްގައިމު "ގްރީން ޒޯނަކަށް" ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން، އެ ސަރަހައްދުގައި މަޑުކޮށްލައިގެން ތިބެވޭ ގޮތަށް ޖޯލިފަތިތަކާއި، ބައްތި ހަރުކުރުމުން، އެއީ އަމާން ޓަވަރުތަކުގެ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލަކަށް ވެގެންދާނެކަން އެޗްޑީސީން ފާހަގަކުރެ އެވެ.
މީގެ ކުރިންވެސް އަމާން ޓަވަރުތައް ހިމެނޭ ސަރަހައްދު ސާފުކުރުމުގެ ހަރަކާތްތައް އެފްޑީސީން ކުރިއަށް ގެންގޮސްފައިވާއިރު، "ފަހި ސާފުވެށި" ކެމްޕޭނުގެ ދަށުން މިހާތަނަށް ހިންގުނު ސާފުކުރުމުގެ ހަރަކާތްތަކުގައި އެ ސަރަހައްދުތަކުން ޖުމްލަ 5,040 ޓަނުގެ ކުނި ވަނީ އުކާލާފަ އެވެ
Tweet
Telegram
ގުޅުންހުރި ލިޔުންތައް
9 ދުވަސް ކުރިން
0
އެޗްޑީސީ ސްޓާފުންގެ ފަރާތުން ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމަށް ކޭމްޕެއް
24 ދުވަސް ކުރިން
0
މަދިރި އާލާވާ ގޮތަށް ހުރި 300 އެއްހާ ތަން ނައްތާލައިފި
1 މަސް ކުރިން
0
ފަރުތައް ހިމާޔަތްކޮށް ބަލަހައްޓަން އެމްއެމްއާރްއައި އާއި އެޗްޑީސީ އެބަސްވުމެއްގައި ސޮއިކޮށްފި
1 މަސް ކުރިން
0
ހުޅުމާލެއަކީ ދުނިޔޭގެ އެންމެ ރީތި އެއް ޝަހަރަށް ހެދިދާނެހެއްޔެވެ؟
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ކައުންސިލްގެ މިލްކިއްޔާތުގައިވާ ތަންތަން ސަރުކާރަށް އަތުލެވޭ އިސްލާހު ފާސްކޮށްފި
53 މިނެޓް ކުރިން
0
އިންފޮމޭޝަން ކޮމިޝަނަރަކަށް އަބްދުލްއަޒީޒު އައްޔަނު ކުރަން ފާސްކޮށްފި
57 މިނެޓް ކުރިން
0
ފަޅުރަށްތައް ކުއްޔަށް ދޫކުރުމުގެ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާ އަށް ދޭން ފާސްކޮށްފި
1 ގަޑިއިރު ކުރިން
0
ކަޅު ބާޒާރުގެ އަގު ރިޕޯޓް ކުރުމުން ޖޫރިމަނާ ކުރަން ފާސްކޮށްފި
1 ގަޑިއިރު ކުރިން
0