ވިޔަފާރި
ދިރާގާއި ސީޑް އިނީޝިއޭޓިވް ގުޅިގެން ކަނޑުފަޅުގެ ހޭލުންތެރިކަން އިތުރުކުރަނީ
ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި ކަނޑުފަޅުގެ ދިރުންތަކަށް އޮންނަ ހޭލުންތެރިކަން އިތުރުކޮށް، "އޯޝަން ލިޓްރެސީ" އަށް ބާރު އެޅުމުގެ މަގުސަދުގައި، ދިރާގުން ސީޑް އިނީޝިއޭޓިވްއާ ގުޅިގެން މަސައްކަތްކުރުމަށް ނިންމައިފި އެވެ.

ސައިންސް، އެކްސްޕްލޯ، އެކްޓް އެންޑް ޑިސްކަވާ (ސީޑް) އަކީ ތިމާވެށީގެ ދާއިރާއިން ތައުލީމާއި އަމަލީ ތަޖުރިބާ ފޯރުކޮށްދޭން މަސައްކަތްކުރާ ޖަމިއްޔާއެކެވެ. މި ޝިއާރުގެ ދަށުން ސީޑް އިނީޝިއޭޓިވްގެ ހުޅުމާލެ އާބަން ހަބަށާއި އެކި ރަށްރަށުގައި ހިންގާ ހަރަކާތްތަކަށް ދިރާގުން ކަނެކްޓިވިޓީގެ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް، ކަނޑުފަޅުގެ މާހައުލާ ބެހޭގޮތުން ހޭލުންތެރިވުމަކީ ނުހަނު މުހިންމު ކަމެއްކަން ފާހަގަކޮށް ދިރާގުން ބުނީ ކަނޑުތަކަކީ ދިވެހިންގެ ދިރިއުޅުމާއި، މުޖުތަމައުތަކާއި އަދި މުސްތަގުބަލާ ނުހަނު ބޮޑަށް ގުޅިލާމެހިފައިވާ ވަސީލަތެއް ކަމަށެވެ.

ޒުވާނުންނަށް ކަނޑުފަޅުގެ މާހައުލާ ބެހޭ މައުލޫމާތު އުނގަންނައިދީ، އަމަލީ ގޮތުން އެ މާހައުލު ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ، ކަނޑުތަކާ މެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއް ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

ދިރާގުން ދަނީ ތިމާވެށި ހިމާޔަތްކުރުމަށާއި، ކަނޑުފަޅުތައް ރައްކާތެރިކުރުމަށް މުޖުތަމައު ހޭލުންތެރިކުރުވައި، ބާރުވެރިކުރުމަށް ހާއްސަ އިސްމަކެއް ދެމުންނެވެ.
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު