
ދިރާގުން ނެރުނު ހާއްސަ ދަންނަވާލުމެއްގައި ވަނީ، މިރޭ އިރު އޮއްސި 06:00އިން ފެށިގެން ހޮނިހިރު ދުވަހުގެ މެންދުރު 12:00އާ ހަމައަށް މެއިންޓެނަންސް މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.އެ މަސައްކަތް ކުރަމުންދާ ވަގުތުތަކުގައި ދިރާގުއެޕް، މައިއެކައުންޓް އަދި މަމެން އެޕްގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑޭނެ ކަމަށް ދިރާގުން ބުންޏެވެ. އޭގެ ތެރޭގައި، ރީލޯޑްއާއި ރީޗާޖްގެ ހިދުމަތްތަކާއި ބިލަށް ފައިސާ ދެއްކުމާއި ހިދުމަތްތައް އެކްޓިވޭޓްކުރުން ހިމެނޭކަން ކުންފުނިން ފާހަގަކުރި އެވެ.ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ދިޔަ ނަމަވެސް، ކަސްޓަމަރުން އާންމުކޮށް ބޭނުންކުރާ ފޯނު ކޯލް، އެސްއެމްއެސް އަދި މޮބައިލް ޑޭޓާގެ ހިދުމަތްތަކަށް އެއްވެސް ބުރޫއެއް ނާރާނެކަމަށް ދިރާގުން ބުންޏެވެ.ދިރާގުން ބުނީ މިއީ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. އަދި މި ވަގުތީ މެދުކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭކަމަށް ދިރާގުން ބުންޏެވެ.