ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ފޯނު ކޯލު ލައިވްކުރާ ނަމަ އެކަން އަންގަން ޖެހޭނެ: މީޑިއާ ކޮމިޝަން
ޔޫނުސް އިބްރާހިމް
06 ސެޕްޓެމްބަރ 2026 - 15:12
0
comments
Tweet
Telegram
އެ މީހަކަށް ނޭނގި ނުވަތަ ހުއްދަ ނެތި ހޯދާފައިވާ ރެކޯޑިންތަކާއި މައުލޫމާތުތައް ބްރޯޑްކާސްޓުކުރުމުގައި ގާނޫނާއި ނޫސްވެރިން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑާ ހިލާފު ނުވާން މޯލްޑިވްސް މީޑިއާ އެންޑު ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން މިއަދު އެދިއްޖެ އެވެ.
ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމުގައި ސްޓެލްކޯގެ މުވައްޒަފަށް ފުރަތަމަ ގުޅި ވަގުތު އެއީ ލައިވް ބްރޯޑްކާސްޓެއްކަން އަންގާފައެއް ނުވެ އެވެ. އަދި ޕީއެންސީ ފޯމާ ގުޅޭ މައުލޫމާތުތަކެއް ސާފުކުރުމަށްފަހު ފޯނު ކަނޑާލުމަށްފަހު، ދެވަނަ ފަހަރަށް ގުޅައި އެއީ ރާއްޖެ ޓީވީކަން ހާމަކުރުމުން ފޯނު ވަނީ ކަނޑާލާފަ އެވެ. މިކަމާ ގުޅިގެން ސްޓެލްކޯ އިން މިހާރު ވަނީ އެޗްއާރު މުވައްޒަފު ސަސްޕެންޑްކޮށް، މައްސަލަ ބަލަން ފަށައިފަ އެވެ.
އެ ކޮމިޝަނުން ބުނީ އެ މީހަކަށް ނޭނގި ނުވަތަ ހުއްދައަކާ ނުލައި ހޯދާފައިވާ ރެކޯޑިންތަކާއި މައުލޫމާތާ މެދު ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެ ކަމަށެވެ.
އެ ކޮމިޝަނުން ވަނީ ވަކިވަކި ފަރުދުންގެ އަމިއްލަ ދިރިއުޅުމުގެ ސިއްރުތަކާއި ކަރާމާތް އަދި ހައްގުތައް ރައްކާތެރިކުރުމުގައި ހުރިހާ މީޑިއާއަކުން އެއްބާރުލުން ދިނުމަށް އެދިފަ އެވެ.
މީޑިއާ ކޮމިޝަނުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އާންމު މަސްލަހަތު ހިމެނޭ މައުލޫމާތު ހޯދުމުގައްޔާއި، މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގައި އަދި މަސްދަރުތައް ރައްކާތެރިކުރުމުގައި ގާނޫނާ އެއްގޮތަށް އަމަލުކުރަންޖެހޭ ކަމަށެވެ. އަދި އަމިއްލަ ދިރިއުޅުމުގެ ސިއްރު ހިފެހެއްޓުމާއި، އިންސާފުވެރިކަމާއެކު މުއާމަލާތްކުރުމަށް ކަނޑައަޅާފައިވާ ހަމަތަކަށް ހުރިހާ ބްރޯޑްކާސްޓަރުންނާއި ނޫސްވެރިން ތަބާވުމަށް ވެސް އެ ކޮމިޝަނުން ވަނީ ނަސޭހަތްތެރިވެފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 މަސް ކުރިން
0
މީޑިއާ ވިލެޖްގެ މަސައްކަތް މި މަހުގެ ނިޔަަލަށް ނިންމަނީ
4 މަސް ކުރިން
0
ކޯޓު އަމުރަށް ތަބާވާން މީޑިއާތަކަށް އެމްއެމްބީސީން އަންގައިފި
4 މަސް ކުރިން
0
ނޫސްވެރިކަމުގެ މިނިވަންކަން ؛ ރާއްޖެ ފަހަތަށް!
4 މަސް ކުރިން
0
ފުލުހުންގެ ތަހުގީގަށް ގޮތް ކިޔުމުގެ ގާނޫނީ ބާރެއް ނެތް: މީޑިއާ ކޮމިޝަން
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ފޯނު ކޯލު ލައިވްކުރާ ނަމަ އެކަން އަންގަން ޖެހޭނެ: މީޑިއާ ކޮމިޝަން
4 ގަޑިއިރު ކުރިން
0
ދިރާގާއި ސީޑް އިނީޝިއޭޓިވް ގުޅިގެން ކަނޑުފަޅުގެ ހޭލުންތެރިކަން އިތުރުކުރަނީ
6 ގަޑިއިރު ކުރިން
0
ޝާހިދުގެ ރިޔާސީ ޕްރައިމަރީގެ ޝިއާރަކީ ފުދުންތެރި ދިވެހިރާއްޖެ
8 ގަޑިއިރު ކުރިން
0
ސަރުކާރުގެ މަގާމުތަކުން 205 ސިޔާސީ މުވައްޒަފުން ވަކިކޮށްފި: ތަރުޖަމާނު
22 ގަޑިއިރު ކުރިން
0