ޚަބަރު
ޝާހިދުގެ ރިޔާސީ ޕްރައިމަރީގެ ޝިއާރަކީ ފުދުންތެރި ދިވެހިރާއްޖެ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ޝިއާރަކީ "ފުދުންތެރި ދިވެހިރާއްޖެ" ކަމުގައި އެ ޕާޓީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާ ޝާހިދު ކެމްޕޭން ރަސްމީކޮށް ފެއްޓެވީ އައްޑޫ ސިޓީންނެވެ.

ޝާހިދު ކެމްޕެއިންގެ ޝިއާރު ހާމަ ކުރެއްވީ ކުޅުދުއްފުށި ސިޓީގައި ބޭއްވި "ޝާހިދު 2028" ކެމްޕެއިން ޖަލްސާގަ އެވެ.

ދަރަނީގެ ދަންތުރައިން ރާއްޖޭގެ ހާލަތު ބަދަލުކޮށް ފުދުންތެރިން ރާއްޖެއެއް ގާއިމުކޮށް ދެއްވާނެ ކަމަށް މި ޖަލްސާގައި ޝާހިދު ވިދާޅުވި އެވެ.

"އަޅުގަނޑު ގެނެސްދޭން މިއުޅެނީ ރާއްޖޭގެ ރައްޔިތުން މި ހުއްޓި ހުރި ހާލަތުން މި ނިކަމެތިކަމުގެ މަތީގައި ތިބި ހާލަތުން މި ފޫވެއްޓިފައިވާ ހާލަތުން، ރައްޔިތު މީހާގެ ދިރިއުޅުން ބަދަލުކޮށްލާނެ ފުދުންތެރި ދިވެހިރާއްޖެ،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވަނީ ހުރިހާ ކަމެއްގައި މާލެ ސިޓީއަށް ބަރޯސާނުވެ ތަރައްގީ ވެވޭނެ ގައުމެއް ގާއިމުކޮށް ދެއްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

އަބްދުﷲ ޝާހިދަކީ 2021 އިން 2022 އަށް އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްކަން ކުރައްވައި، އެ މަގާމަށް އިންތިޚާބުވި ފުރަތަމަ ދިވެއްސަށްވުމުގެ ޝަރަފު ހޯއްދަވާފަ އެވެ. 40 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތުގެ އިސް މަގާމްތައް ފުރުއްވި ޝާހިދުވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައެވެ. ޝާހިދަކީ ބައިނަލްއަޤްވާމީ ޑިޕްލޮމަސީއާއި، ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމާއި، ރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ މަސައްކަތަށް ބޮޑެތި ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު