
އެމްޑީޕީގެ ސަރުކާރުގައި ފޮރިން މިނިސްޓަރުގެ މަގާމު ފުރުއްވި ޝާހިދު، ރިޔާސީ ޕްރައިމަރީއަށް ތާއީދު ހޯދުމުގެ މަސައްކަތް އަންނަނީ ކުރައްވަމުންނެވެ.ޝާހިދު ވިދާޅުވި ގޮތުގައި ޕާޓީގެ އެންމެ އިސް މަގާމުގައި ހުންނަވައިގެން، އެތެރޭގެ އިންތިހާބެއްގައި ވާދަކުރެއްވުމަކީ އިންސާފުވެރި އަދި އެންމެ ހަމަހަމަ ގޮތް ކަމަކަށް ގަބޫލެއް ނުކުރެއްވެ އެވެ. އުތުރުގެ ސަރަހައްދުތަކުގައި ކެމްޕޭން ރަސްމީކޮށް ފެއްޓެވުމުގެ ގޮތުން ޝާހިދު ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 4 ވަނަ ދުވަހުން 7 ވަނަ ދުވަހުގެ ނިޔަލަށެވެ.