ވިޔަފާރި
ދިރާގު މާލޭ އޯޕަންގެ ރޭސް ކިޓްތައް މިއަދުން ފެށިގެން ދޫކުރަނީ
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތް ކަމުގައިވާ "ދިރާގު މާލޭ އޯޕަން"ގެ ރޭސް ކިޓްތައް މިއަދުން ފެށިގެން ދިރާގު ހެޑް އޮފީހުން ދޫކުރާނެކަމަށް އެ ކުންފުނިން ބުނެފި އެވެ.

މި ފޯރިގަދަ މުބާރާތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ރޭސް ކިޓް ދޫކުރުން ކުރިއަށްދާނީ މި ބުރާސްފަތީގެ ނިޔަލަށް ދިރާގުގެ މައި އޮފީހުގައި އޮންނަ 'ޑީއެމްއޯ އެކްސްޕޯ'ގަ އެވެ. މި އެކްސްޕޯ އޮންނާނީ:

  • މިއަދު - ހަވީރު 5 އިން ރޭގަނޑު 10އަށް

  • މާދަމާ - މެންދުރުފަހު 2 އިން ރޭގަނޑު 7އަށް

  • ބުރާސްފަތި - ހެނދުނު 9 އިން މެންދުރުފަހު 2އަށް

މި ރޭސް ކިޓުގައި ހިމެނެނީ މުބާރާތުގެ ރަސްމީ ޓީޝާޓާއި ސްވިމް ކެޕެވެ.

ދިރާގު މާލެ އޯޕަން 2026 އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު މާލޭގެ ރަސްފަންނު ސަރަހައްދުގަ އެވެ.

'ސްވިމް މޯލްޑިވްސް' އިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގެ މަގްސަދަކީ ރާއްޖޭގައި އޯޕަން ވޯޓާ ސްވިމިން ކުރިއަރުވައި މި ކުޅިވަރަށް ޝައުގުވެރިކަން އުފެއްދުމުގެ އިތުރުން، ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ.

މި މުބާރާތުގައި ހިމެނެނީ:

  • 1 ކިލޯމީޓަރު 

  • 500 މީޓަރު 

  • 250 މީޓަރު 

  • މި އަހަރުގެ މުބާރާތަށް 500 މީޓަރުގެ ޓީމް ރިލޭ ކެޓަގަރީއެއް ވެސް ވަނީ ތައާރަފްކޮށްފައި

ދިރާގުން ދަނީ ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއަޅާ، އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދޭ، އަދި، ގިނަ ބަޔަކަށް ބައިވެރިވެވޭގޮތަށް ބާއްވާ މި ފަދަ ކުޅިވަރު އަދި އެހެނިހެން ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު