ވިޔަފާރި
ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މީޑިއާނެޓް ވީޑިއޯކްލަބް މުޅިން ހިލޭ ބަލާލުމުގެ ފުރުސަތު
ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެއް އަހަރު ދުވަހުގެ މުއްދަތަށް މީޑިއާނެޓް ވީޑިއޯ ކްލަބް މުޅިން ހިލޭ ބޭނުންކުރެވޭނެ ހާއްސަ އޮފާއެއް އިއުލާންކޮށްފި އެވެ.

މި އޮފާގެ ދަށުން، ޕޯސްޓްޕެއިޑް 750 އިން ފެށިގެން މަތީގެ ޕްލޭންތައް ބޭނުންކުރާ ކަސްޓަމަރުންނަށް، އިތުރު ފީއަކާނުލައި އެއް އަހަރު ދުވަހުގެ މުއްދަތަށް މީޑިއާނެޓް ވީޑިއޯ ކްލަބް އެކްޓިވޭޓް ކުރެވޭނެ އެވެ. މިއީ ދިވެހި އުފެއްދުންތަކާއި، ފިލްމު އަދި މުނިފޫހިފިލުވުމުގެ ތަފާތު ގިނަ ޕްރޮގްރާމްތައް ހިލޭ ބަލައިލުމަށް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ދިރާގުން ބުންޏެވެ. 

މީގެ އިތުރުން، ދިރާގު ޕޯސްޓްޕެއިޑްގެ ހުރިހާ ކަސްޓަމަރުންނަށް، 'ލިމިޓްލެސް 21' ޑޭ ބޫސްޓާ އެކްޓިވޭޓް ކޮށްގެން މި ހިދުމަތް ހިލޭ ހޯދުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. މިގޮތުން، ބޫސްޓަ އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް، އެ ބޫސްޓާގެ މުއްދަތު ހަމަވަންދެން މީޑިއާނެޓް ވީޑިއޯ ކްލަބް ހިލޭ ބޭނުންކުރެވޭނެ އެވެ. އަދި ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މި އޮފާގެ ދަށުން އަންނަ މަހުގެ ނިޔަލަށް މީޑިއާނެޓް ވީޑިއޯ ކްލަބް ހިލޭ އެކްޓިވޭޓް ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. 

މި އޮފާއާ ބެހޭ އިތުރު މައުލޫމާތު ދިރާގުގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

ޒަމާނީ ޑިޖިޓަލް ހިދުމަތްތަކާއި އިތުބާރު ހުރި ކަނެކްޓިވިޓީ މެދުވެރިކޮށް ދިވެހިންގެ ދިރިއުޅުން މުއްސަނދިކޮށް، ކަސްޓަމަރުންނަށް ފައިދާހުރި އަދި އުފާވެރި ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު