ދިރާގުން ޝީޝާއާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި ދޭ ސައިކަލު.
ދިރާގު ފިންޓެކްއާއި ޝީޝާ ގުޅިގެން، ހޮންޑާ އެއަ ބްލޭޑް 125 ސްޕެޝަލް އެޑިޝަން ސައިކަލެއް ހޯދުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
މި ޕްރޮމޯޝަންގައި، ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓަރީކުރާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަނުގައި ދިރާގުޕެ މެދުވެރިކޮށް ކުރާ ފައިސާގެ މުއާމަލާތްތައް ކުރުމުން، ސައިކަލު ލިބުމުގެ ފުރުސަތު އިތުރުކުރެވޭނެ އެވެ.
މި ޕްރޮމޯޝަނަށް ކަނޑައަޅާފައިވާ ހޮންޑާ އެއާ ބްލޭޑް ސައިކަލަކީ ރާއްޖޭގައި ހޮންޑާގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ، ޝީޝާ އިން ހަދިޔާ ކޮށްފައިވާ ސައިކަލެއް ކަމަށް ދިރާގުން ބުންޏެވެ. މި ސައިކަލު ލިބޭ ނަސީބުވެރިޔާއަށް ސައިކަލުގެ ހިދުމަތްތަކުން އުމުރު ދުވަހަށް 15 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ. އަދި ހޮންޑާގެ ތަމްރީނު ލިބިފައިވާ ޓެކްނީޝަނުންގެ އިތުބާރު ހިފޭ ހިދުމަތްތަކާއެކު، ސައިކަލަށް ބޭނުންވާ ސްޕެއަރ ޕާޓްސްތައް ޝީޝާ މެދުވެރިކޮށް ފަސޭހަކަމާއެކު ލިބެން ހުންނާނެކަމަށް ވެސް ބުންޏެވެ. ދިރާގުޕޭ އީ-ވޮލެޓުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި، ބިލް ސްޕްލިޓިން، ސަބް ވޮލެޓް، ޕިއަ-ޓު-ޕިއަ ޓްރާންސްފާ، ފަވަރަ ޓްރާންސްފާ އަދި ބިލަށް ފައިސާ ދެއްކުން ފަދަ ބޭނުންތެރި ހިދުމަތްތައް ހިމެނެ އެވެ.