ވިޔަފާރި
ދިރާގުން ދޭ ސްޕީޑްބޯޓުގެ ލަކީޑްރޯ ފޯރިގަދަ ހަރަކާތްތަކާ އެކު މިއަދު!
ދިރާގުގެ 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ދަށުން ދޭ ފަހު ސްޕީޑްބޯޓުގެ ނަސީބުވެރިޔާ ހޮވުމަށް މިއަދު ބާއްވާ ހާއްސަ ހަރަކާތުގައި ފޯރިގަދަ، މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް ކުރިއަށް ދާނެ ކަމަށް ދިރާގުން ބުނެފި އެވެ. 

މި ޕްރޮމޯޝަންގެ ދަށުން ދޭ ފަހު ސްޕީޑްބޯޓުގެ ނަސީބުވެރިޔާ ހޮވުމުގެ ގުރުއަތު ނެގުން އޮންނާނީ މިއަދު ހަވީރު 4:00 ގައި އާޓިފިޝަލް ބީޗްގައި ބާއްވާ ހާއްސަ އިވެންޓެއްގަ އެވެ.

ދިރާގުން ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގެ ދަށުން ދެ ވަނަ ނަސީބުވެރިއާއަށް ވެސް ލިބޭނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެކެވެ. އެ ސްޕީޑް ބޯޓަކީ 250 ހޯސްޕަވަރުގެ ޔަމަހާ އައުޓްބޯޑް އިންޖީނު އަޅާފައިވާ އުޅަނދެކެވެ. މިއީ މަހަށް ދިއުމާއި އެކި އެކްސްކާޝަންތަކާއި ކުރު ދަތުރުތަކަށް އެންމެ އެކަށޭނެ އެއްޗެކެވެ. 

ދެ ސްޕީޑް ބޯޓު ހުށަހަޅައި ދިރާގުން ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ ހޮވީ މިދިޔަ ޖެނުއަރީ މަހު އެވެ. 

ދިރާގުން ދޭ ދެވަނަ ސްޕީޑްބޯޓުގެ ލަކީޑްރޯގައި ބައިވެރިވެވޭނީ މިއަހަރުގެ މާޗު މަހުގެ 31 ވަނަ ދުވަހުގެ ކުރިން އެ ޕްރޮމޯޝަންގައި އެންރޯލްކޮށްފައިވާ ކަސްޓަމަރުންގެ ތެރެއިން ޖޫން މަހުގެ ނިޔަލަށް ލަކީޑްރޯގައި ބައިވެރިވުމުގެ ޝަރުތު ހަމަވާ ކަސްޓަމަރުންނަށެވެ. 

މި ލަކީޑްރޯގައި ބައިވެރިވެވޭނީ ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންގެ ތެރެއިން 450ރ. އިން މަތީގެ  ރީލޯޑު ކުރި ކަސްޓަމަރުންނާއި ދިރާގު ޕޯސްޓްޕެއިޑް 450އިން މަތީގެ ޕްލޭންތަކަށް ނުވަތަ އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450ރ. އިން މަތިން ބިލް ދައްކައިގެން ޕްރޮމޯޝަނަށް އެންރޯލްކުރި ކަސްޓަމަރުންނަށެވެ. އަދި ދިރާގު ލިމިޓެއްނެތް ފައިބާ 40އެމް އިން މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުންގެ ތެރެއިން މި ޕްރޮމޯޝަނަށް އެންރޯލްކޮށްފައިވާ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ. 

މި ޕްރޮމޯޝަން ކުރިއަށް ދިޔަ މުއްދަތުގެ ތެރޭގައި ދިރާގުޕޭ އަށް ރަޖިސްޓަރީކޮށްގެން ތިބި ކަސްޓަމަރުންނާއި އަލަށް ރަޖިސްޓަރީކުރި ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަނަށް އެންރޯލްކޮށް، ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކުރުމުގެ ފުުރުސަތު ވެސް ވަނީ ދީފަ އެވެ.

ދިރާގުން ދަނީ މި ފަދަ ހާއްސަ ޕްރޮމޯޝަންތަކުގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދީ، ރާއްޖޭގައި އެ ފަދަ ދެވަނައެއް ނެތް ޕްރޮމޯޝަންތައް ކުރިއަށްގެންދަމުންނެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު