ވިޔަފާރި
ޑޮލަރެއް ނެތް ނަމުގައި ޕެނަލް ޑިސްކަޝަނެއް ބާއްވަނީ
ޑޮލަރެއް ނެތް ނަމުގައި އެމްޑީޕީ އިން ބާއްވާ ޕެނަލް ޑިސްކަޝަނުގެ ބައިވެރިން
"ޑޮލަރެއް ނެތް" ގެ ނަމުގައި އެމްޑީޕީން ހާއްސަަ ޕެނަލް ޑިސްކަޝަނެއް ބާއްވަން ނިންމައިފި އެވެ.

"ޑޮލަރެއް ނެތް" ނަމުގައި ބާއްވާ އެ އިވެންޓު އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ ރޭގެ 8:30 ގައި އާޓިފިޝަލް ބީޗުގައި ކަމަށް އެމްޑީޕީ އިން ބުންޏެވެ. 

ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ދިވެހި ރުފިޔާގެ އަގު ވަރަށް ބޮޑަށް ވެއްޓި، ޑޮލަރުގެ ތާށިކަން ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. މިވަގުތު ޑޮލަރެއް ގަންނަން ލިބެނީ 20.50 ރުފިޔާއަށެވެ. 

މި ހަފުތާގެ ކުރީކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭއްވި ބައްދަލުވުމެއްގައި ވެސް މި ސަރުކާރަށް ޑޮލަރުގެ މައްސަލަ ހައްލުކޮށް ނުދެވޭނެ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 23ރ. އަށް އުފުލުމުގެ ބިރު އޮތް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު