ޚަބަރު
އެމްޑީޕީގެ މަގުޗާޓުގެ މަސައްކަތަށް ކޮމިޓީއެއް ނަގައި މުގައްރިރަކަށް ފައްޔާޒު
އެމްޑީޕީގެ ހިންގުން އަދި އަސާސީ ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތަކުގެ މަގުޗާޓުގެ މަސައްކަތް ނިންމުމަށް ހާއްސަ ކޮމިޓީއެއް ނަގައި އެ ކޮމިޓީގެ މުގައްރިރަކަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް  ހަމަޖައްސައިފި އެވެ.

މި މަގުޗާޓަކީ މިދިޔަ ރިޔާސީ އިންތިހާބުންނާއި މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހު، އެ ޕާޓީގެ ހިންގުން ވަރުގަދަކުރުމަށްކަމަށް ވިދާޅުވެ، އޭރު ޗެއާޕާސަންކަމުގައި ފައްޔާޒު ހުންނަވައިގެން ފެއްޓެވި މަސައްކަތެކެވެ.

އެ ބަދަލުތައް ޕާޓީގެ ފަރާތުން ހުށަހެޅުމުގެ މަސައްކަތްކުރަމުން ދަނިކޮށް، ޗެއާޕާސަންގެ މަގާމުން ފައްޔާޒު އިސްތިއުފާ ދެއްވަނީ މިދިޔަ 23 ނޮވެމްބަރުގަ އެވެ. 

އެ މަގުޗާޓުގެ މަަސައްކަތް ނިންމަން ކޮމިޓީއެއް ނެގުމަށް ނިންމެވީ މިހާރު އެ ޕާޓީގެ ޗެއާޕާސަނަކަށް ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. 

އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން:

ފައްޔާޒް އިސްމާއިލް (މުގައްރިރު) – މއ. ބޯގަންވިލާ / މާލެ
މާރިޔާ އަހުމަދު ދީދީ – ގ. އޮއިނާށި / މާލެ
އިމްތިޔާޒް ފަހްމީ – މ. އަފްޒާ / މާލެ
އަބްދުﷲ ސާދިގު – ކައުސަރު / ސ. ހިތަދޫ
މައުރޫފް އަހުމަދު – ނިއުލައިޓް / ލ. ކަލައިދޫ
އިބްރާހިމް ވަހީދު – މ. ބަނަފްސާވިލާ / މާލެ
މުހައްމަދު ރަޝީދު ހުސައިން – މ. ޖަވާހިރުވާދީ / މާލެ
އަހުމަދު އަބްދުﷲ – އޯޝަންވިލާ / ހއ. ތަކަންދޫ
މަހުފޫޒް ސައީދު – ވިކްޓަރީ / ގއ. ކޮލަމާފުށި
ޔާސިރު އަބްދުލްލަތީފް – މިޒާޖް / ހދ. ކުޅުދުއްފުށި

އެމްޑީޕީގެ އަސާސީ ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތަކެއް ހިމެނޭ މަގުޗާޓެއްގެ މަސައްކަތްކުރުމަށް ކޮމިޓީއެއް ނެގިއިރު، އަންނަ ސެޕްޓެމްބަރު މަހު އެ ޕާޓީގެ ކޮންގްރެސް ބޭއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ނަޝީދު ވަނީ ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު