
ލާމަރުކަޒީ ގާނޫނު މިހާރު އޮންނަނީ ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ކައުންސިލަށް އިންތިހާބުވުމަށް ފަހު، އިންތިހާބުވި ދައުރުގެ ތެރޭގައި އެހެން ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ)ގައި ދަފްތަރުވެއްޖެ ނަމަ އެ މީހަކު ކައުންސިލަރުކަމުން ވަކިވާ ގޮތަށެވެ.ވ. އަތޮޅު ކައުންސިލް ރައީސްކަން ވެސް މީގެ ކުރިން ކުރެއްވި ޝުޖާއު މި އަހަރު ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވީ، ވަރަށް މަދު ބަޔަކު ކުރިމަތިލި ޑިމޮކްރެޓްސް ޕާޓީންނެވެ. އެކަމަކު ފަހުން އޭނާ ވަނީ އެމްޑީޕީއަށް ބަދަލުވެވަޑައިގެންފަ އެވެެ.އޭނާގެ ގޮނޑި ގެއްލުނު ކަމަށް އެލްޖީއޭން ނިންމީ އެހެންވެގެނެވެ.މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ނަޝީދު ވިދާޅުވީ ކައުންސިލަރެއްގެ ޝަރުތުތައް ބަޔާންކުރަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގައި ކަމަށާއި އެ ގާނޫނުގެ 12 ވަނަ މާއްދާގައި ހިމެނޭ އެއްވެސް ޝަރުތެއް ޝުޖާއު އަލީގެ ނުގެއްލޭ ކަމަށެވެ.