ރާއްޖެއިން ފޭކް ޑާޒަލެކްސް އިންޖެކްޝަންތަކެއް ފެނިއްޖެ!
ޔޫނުސް އިބްރާހިމް
05 ޖުލައި 2026 - 20:35
0 comments
ރާއްޖޭން ޑާޒަލެކްސްގެ ފޭކް އިންޖެކްޝަން ފެނިގެން އިންޒާރު ނެރެފައި - ފޮޓޯ/ ހެލްތު އެންޑް މީ
ރާއްޖޭގައި ޑާޒަލެކްސްގެ ފޭކް އިންޖެޝަންތަކެއް ހުރިކަން ފާހަގަވެ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ކަމަށްވާ ޑަބްލިއުއެޗުއޯއިން އިންޒާރެއް ނެރެފި އެވެ.
ޑާޒަލެކްސްއަކީ ލޭގެ ބަލިތަކާއި ބޯންމެރޯއަށް އަސަރުކުރާ ކެންސަރު ފަދަ ބަލިތަކަށް ފަރުވާކުރުމަށް ބޭނުންކުރާ ބޭހެކެވެ.ޑަބްލިއުއެޗުއޯގެ ރަސްމީ ވެބްސައިޓުގައި ނެރެފައިވާ އިންޒާރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ފޭކް އިންޖެކްޝަންތަކަކީ ބޭސް ވިއްކުމާއި އެތެރެކުރުމުގެ ހުއްދަ ނެތް ފަރާތްތަކަކުން ބާޒާރަށް ނެރެފައިވާ ތަކެއްޗެވެ. މި ތަކެތި އުފެއްދި ތަނާއި ގެނައި ގައުމު ގަސްތުގައި އޮޅުވާލާފައިވާކަން އެ ޖަމިއްޔާއިން ކަށަވަރުކޮށްދެ އެވެ. ޑާޒަލެކްސްއަކީ ލޭގެ ބަލިތަކާއި ބޯންމެރޯއަށް އަސަރުކުރާ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކަށް ފަރުވާކުރުމަށް ބޭނުންކުރާ މުހިންމު ބޭހެކެވެ.ޑަބްލިއުއެޗުއޯއިން ބުނީ މި ފޭކް ބެޗުތަކަކީ ޑިސްޓްރިބިއުޓް ކުރުމުގެ ހުއްދަ ނެތް ބަޔަކު އެތެރެކޮށްގެން ވިއްކަމުންދާ ތަކެތި ކަމަށެވެ. އަދި އެއީ އުފެއްދި ތަނާއި ގެނައި ތަން ގަސްތުގައި އޮޅުވާލާފައި ހުރި ތަކެތި ކަމަށް ވެސް ޑަބްލިއުއެޗް=ުއޯއިން ބުންޏެވެ. އެ ގޮތުން:- ބެޗު ނަންބަރު MYS7381 އަދި STV1K01 ހިމެނޭ އިންޖެކްޝަންތަކަކީ ފޭކްތަކެއް ކަމަށް އިންޖެކްޝަން އުފައްދާ އަސްލު ކުންފުނި ޖޭންސެނުން ބުނެފައިވޭ
- އޭގެ ތެރެއިން STV1K01 ބެޗު ރާއްޖޭން ފެނިފައިވާކަމުގެ މައުލޫމާތު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފައިވޭ
މި ފޭކް ބޭހުގެ ސަބަބުން ބަލިމީހުންގެ ފުރާނައަށް ސީދާ ނުރައްކާވެދާނެ ކަމަށް ޑަބްލިއުއެޗުއޯއިން ބުނެއެވެ. މި ތަކެތީގެ ކޮލިޓީއާއި ސާފުތާހިރުކަން ކަށަވަރު ނުވާއިރު، އޭގައި އެއްވެސް އަސްލު މާއްދާއެއް ނެތުމަކީ ނުވަތަ ގެއްލުންދެނިވި މާއްދާތަކެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ.މީގެ ސަބަބުން އިންފެކްޝަން އުފެދުމާއި، ބަލި އިތުރަށް ގޯސްވުމާއި، އަދި މަރުވުމުގެ ފުރުސަތު އޮތްކަމަށް ވެސް އެ ޖަމްއިއްޔާއިން އިންޒާރު ދެއެވެ.ޑަބްލިއުއެޗުއޯއިން ވަނީ ސިއްހީ ޚިދުމަތްތެރިންނާއި އާންމުން މިކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އެދިފައެވެ. މި ބެޗްތަކުގެ ބޭސް ގެންގުޅޭނަމަ ބޭނުން ނުކުރުމަށާއި، ބޭނުން ކުރެވިފައިވާނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި ބޭސް ގަންނައިރު ހުއްދަ އޮތް ފަރާތްތަކުން ނޫނީ ބޭސް ނުގަތުމަށާއި، މިފަދަ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެމްއެފްޑީއޭއަށް ނުވަތަ ޑަބްލިއުއެޗުއޯގެ rapidalert@who.int އަށް ރިޕޯޓް ކުރުމަށް ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ޝުއޫރު