ޚަބަރު
ގޮއިދޫގައި ކެންސަރު ގިނަވާތީ ދަނޑުތަކުގެ ދިރާސާއެއް ހަދަނީ
ބ. ގޮއިދޫގެ މަގެއް މަތި
އެންމެ 500އެއްހާ މީހުންގެ އާބާދީއެއް އޮންނަ ބ. ގޮއިދޫގައި ކެންސަރު އިތުރުވާ ސަބަބު ހޯދަން، ތަހުލީލުތައް ހަދަން އެގްރިކަލްޗާ މިނިސްޓްރީއާއި ހެލްތު މިނިސްޓްރީން މަޝްވަރާ ކުރަމުން އަންނަ ކަމަށް އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިއަދު ވިދާޅުވެއްޖެ އެވެ.

ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ގޮއިދޫގައި ކެންސަރު ގިނަވާ ކަމުގެ ކަންބޮޑުވުންތައް ފުރަތަމަ ހިއްސާކުރީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޝަހުލާ ވަޖީހު ނަމަކަށް ކިޔާ މީހެކެވެ.

ފޭސްބުކްގައި އޭނާ އާއްމުކުރި ސިޓީގައި ބުނީ ގާތްގަނޑަކަށް 500 މީހުން އުޅޭ ގޮއިދޫގައި ގައިން ގަޔަށް ނާރާ ބަލިތައް ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށެވެ. އޭގެ ތެރެއިން ވެސް ކެންސަރު ޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި މާރިޔާ ވިދާޅުވީ، ޕެސްޓިސައިޑާ ގުޅުން ހުރި ގާނޫނެއް އޮތް ނަމަވެސް މިހާތަނަށް ވެސް ސިޔާސަތެއް ހަދައިފައިނުވާ ކަމަށެވެ. ނަމަވެސް މިދިޔަ އަހަރު މި ސަރުކާރުން ވަނީ ޕެސްޓިސައިޑް ބޭނުންކުރުމާ ގުޅޭ ސިޔާސަތެއް ހެދުމުގެ މަސައްކަތް ފަށައިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މި ޕޮލިސީ ތަންފީޒުވެގެން ދާނެ ކަމަށް އަޅުގަނޑުމެން އުއްމީދު ކުރަނީ،" މާރިޔާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު