ޚަބަރު
ބީއެމްއެލްގެ އެހީތެރިކަމާ އެކު ޕިންކް ރިބަން ރަން-ވޯކް ބާއްވައިފި
އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުވުމުގެ ގޮތުން ކެންސަރު ސޮސައިޓީން އަހަރަކު އެއްފަހަރު ބާއްވާ ޕިންކް ރިބަން ރަން-ވޯކް ގައުމީ ބޭންކް، ބީއެމްއެލުގެ އެހީއާއެކު އިއްޔެ ބާއްވައިފި އެވެ.

މި އަހަރުގެ ޕިންކް ރިބަން ރަން ހުޅުމާލޭ ސެންޓްރަލް ޕާކުގެ އިތުރުން 32 ރަށަކާއި 3 ރިސޯޓެއްގައި ވެސް ބާއްވާފައިވެ އެވެ. 

"ޕިންކް ރިބަން ރަން ވޯކް" ހަރަކާތަކީ ކެންސަރަށް ހޭލުންތެރިކަން އިތުރު ކޮށް ކެންސަރު ބަލީގައި ފަރުވާ ހޯދަމުންދާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކަށް ފޯރު ކޮށްދޭ ސައިކޯސޯޝަލް ސަޕޯޓުގެ ހިދުމަތްތަކަށް އެހީވާން ބީއެމްއެލްގެ މާލީ އޭހީތެރި ކަމާއެކު ހިންގާ ހަރަކާތެކެވެ.

ބީއެމްއެލް އިން 2016 ވަނަ އަހަރުން ފެށިގެން ކެންސަރު ސޮސައިޓީގެ "ޕިންކް ރިބަން ރަން-ވޯކް" އަށް އެހީތެރިކަން ދެ އެވެ.

ކެންސަރު ސޮސައިޓީން އަންނަނީ 2014އިން ފެށިގެން ކޮންމެ އަހަރަކު ވެސް މި ހަރަކާތް ބާއްވަމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު