ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
ފަސޭހަކަމާއެކު އިންސްޓޯލްމެންޓަށް ފައިސާ ދެއްކޭނެ ބީއެމްއެލް ސްޕްލިޓްޕޭ ތައާރަފްކޮށްފި
ހުނައިދާ ޔާސިރު
02 ޖުލައި 2026 - 23:09
0
comments
Tweet
Telegram
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް 'ބީއެމްއެލް ސްޕްލިޓްޕޭ' މިއަދު ތައާރަފްކޮށްފި އެވެ.
މިއީ ކްރެޑިޓް ކާޑުން ވިޔަފާރިކުރާއިރު ހަރަދުތައް މެނޭޖްކުރުމުގައި އިތުރު ލުއިފަސޭހަކަމާއި އިހުތިޔާރު ކަސްޓަމަރުންނަށް ލިބިގެންދާނެ އައު ހިދުމަތެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.
އެ ގޮތުން ސްޕްލިޓްޕޭ ހިދުމަތާއެކު 1,500 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ދައްކަންޖެހޭ އަދަދު ތިން މަހާއި 24 މަހާ ދެމެދުގެ މުއްދަތަކަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ.
މިއާއެކު އަގުބޮޑު ތަކެތި ގަތުމުގައި މާލީގޮތުން ރޭވުންތެރިކަމާއެކު ފައިސާ ބެލެހެއްޓުމަށް ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަކަމެއް ލިބޭނެކަން ބީއެމްއެލް އިން ފާހަގަކުރެ އެވެ.
"ބީއެމްއެލް ސްޕްލިޓްޕޭ މެދުވެރިކޮށް، ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް ފައިސާ ދެއްކުމުގައި އަޅުގަނޑުމެން މިވަނީ އިތުރު ލުއިފަސޭހަކަމެއް ހޯދައިދީފައި. މި ހިދުމަތުގެ ސަބަބުން، ފައިސާ ދެއްކުން ބަހާލައިގެން ކުރިއަށް ގެންދިއުމަށް މަގުފަހިވެ، ކަސްޓަމަރުންގެ މާލީ ކަންކަން ބަޖެޓްކޮށް ރާވާލުމަށް އިތުރު ލުއިފަސޭހަކަން ލިބޭނެ،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި އެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި މި ހިދުމަތަކީ ކަސްޓަމަރުންގެ ބޭނުންތަކަށް އަމާޒުކޮށްގެން، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އީޖާދީ ޕޭމަންޓް ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ތައާރަފުކުރި ހިދުމަތެކެވެ.
މި ހިދުމަތުގެ އިތުރު މައުލޫމާތު ބީއެމްއެލްގެ
ވެބްސައިޓުން
ލިބޭނެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ދުވަސް ކުރިން
0
ޑޮލަރުގެ ދަތިކަމަށް އޮތް ހައްލަކީ ކަޅު ބާޒާރަށް ބީއެމްއެލް ވަނުމެއް ނޫން: ފައްޔާޒު
2 ދުވަސް ކުރިން
0
ބީއެމްއެލްގައި އާންމުންނަށް 25 ޕަސެންޓް ފައިދާއާ އެކު ޑޮލަރު އިންވެސްޓްކުރެވޭ ގޮތް ހަދައިފި
5 ދުވަސް ކުރިން
0
ބީއެމްއެލްއިން އަގުހެޔޮ އިތުރު 710 ފްލެޓް އަޅަނީ
7 ދުވަސް ކުރިން
0
ބޭރުގައި ކިޔާ ދަރިވަރުންގެ ވިސާއަށް ފައިސާ ދެއްކުމަށް ބީއެމްއެލް އިން ކާޑު ލިމިޓް ދެނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ފަސޭހަކަމާއެކު އިންސްޓޯލްމެންޓަށް ފައިސާ ދެއްކޭނެ ބީއެމްއެލް ސްޕްލިޓްޕޭ ތައާރަފްކޮށްފި
57 މިނެޓް ކުރިން
0
ރާއްޖެއިން ފަލަސްތީނަށް އެހީގެ ގޮތުގައި 50،000 ޑޮލަރު
1 ގަޑިއިރު ކުރިން
0
ދަރިވަރުން ސްކޫލަށް ނުދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެއްޖެ
3 ގަޑިއިރު ކުރިން
0
ސިނގިރޭޓުގެ އަގު ހެޔޮކުރާ އިސްލާހު ތަސްދީގު ކުރައްވައިފި
3 ގަޑިއިރު ކުރިން
0