ޚަބަރު
ރާއްޖެއިން ފަލަސްތީނަށް އެހީގެ ގޮތުގައި 50،000 ޑޮލަރު
ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލެސްޓައިން ރެފިއުޖީސް (އަންރުވާ) މެދުވެރިކޮށް ފަލަސްތީނަށް 50,000 ޑޮލަރު ހަދިޔާކުރަން ނިންމާފައިވާ ކަމަށް ރާއްޖެއިން އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ވިދާޅުވެއްޖެ އެވެ.

އދ. ގެ މައިމަރުކަޒުގައި ކުރިއަށްދިޔަ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކާސް އެޖެންސީ -- އަންރުވާ ޕްލެޖިންގް ކޮންފަރެންސްގައި މިކަން ހާމަކުރެއްވީ ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ.

މި ކޮންފަރެންސްގައި ޑރ. އަލީ ނަސީރު ވިދާޅުވީ އަންރުވާއަށް އެހީ ފޯރުކޮށްދިނުމަކީ ހަމައެކަނި މާލީ ނިންމުމެއް ނޫން ކަމަށާއި އެއީ އިންސާނީ ކަރާމާތާއި ބައިނަލްއަގުވާމީ ގަވާއިދުތަކުގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް ހިމާޔަތްކުރުމާއި ގުޅުންހުރި ކަމެއް ކަމަށެވެ.

އެ ފަންޑަށް ރާއްޖެއިން މީގެ ކުރިން ކޮންމެ އަހަރަކުވެސް ދެމުންދިޔަ 5،000 ޑޮލަރު 50،000 ޑޮލަރަށް އިތުރުކުރީ 2024 ވަނަ އަހަރުން ފެށިގެންނެވެ.

އަންރުވާއަކީ، ޔޫއެންއިން 1948 ވަނަ އަހަރު ފާސްކުރި ގަރާރަކުން ވުޖޫދަށް އައި ގޮތްޕެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު