
ގަރާރެއް ގޮތަށް ހުށަހެޅި އެ ޕްލޭންގައި ޣައްޒާގައި ވަގުތީ ގޮތުން ބައިނަލްއަގުވާމީ ފައުޖެއް ހަރަކާތްތެރިވުމާއި، އިސްރާއީލުގެ ސިފައިން ޣައްޒާއިން އެއްކޮށް ފޭބުމާއި، މުސްތަގުބަލުގައި ފަލަސްތީނު ދައުލަތެއް އުފެއްދުމާ ގުޅޭ ވާހަކަތައް ހިމެނެ އެވެ.އެ ގަރާރު ފާސްވީ ސަލާމަތީ މަޖިލީހުގެ 15 މެންބަރުންގެ ތެރެއިން 13 މެންބަރުންގެ ވޯޓާ އެކުގައެވެ. ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ޗައިނާ އާއި ރަޝިޔާއިން ވޯޓުގައި ބައިވެރިއެއް ނުވެ އެވެ.ބައިނަލްއަގުވާމީ ފައުޖަށް ސިފައިން ފޯރުކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކުރި އަރަބި އަދި އެހެން މުސްލިމް ގައުމުތަކުން މީގެ ކުރިން ވަނީ އެ ގައުމުތަކަށް އެކަން ކުރެވޭނީ އދ ން ގަރާރު ފާސްކުރުމުން ކަމަށް ބުނެފަ އެވެ.ޓްރަމްޕްގެ ޤަރާރާއި، 20 މާއްދާގެ ސުލްޙައިގެ ރޭވުމުގެ ދަށުން ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރުމަށް މަގުކޮށައިދެވޭނެ ކަމުގައި ވެސް އެމެރިކާއިން ބުންޏެވެ. މިއީ، ޔަހޫދީން އެއްވެސް މިންވަރަކަށް ރުހޭ ކަމެއް ނޫނެވެ. އެކަމާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހައްދަވާފައެވެ. އަދި ދުވަހަކު ވެސް ފަލަސްތީނުގެ ދައުލަތެއް އެ ބިމުގައި ނުއުފެއްދޭނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.