
މި ހިތާމަވެރި ހަބަރާ ގުޅިގެން ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުސައިން އަބްދުއްރަހުމާނު މިއަދުގެ ވަގުތެއްގައި ނިޔާވި ހަބަރު އެޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. އަދި މަރުހޫމުގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުއާ ކުރައްވައި، އާއިލާއަށާއި މުޅި ފުލުހުންގެ މުއައްސަސާއަށް ރައީސް ވަނީ ތައުޒިޔާ ރައްދުކުރައްވާފަ އެވެ.ރައީސްގެ މެސެޖުގައި އިތުރަށް ވިދާޅުވީ މާތްﷲގެ ތަނަވަސް ރަހުމަތާއި ސުވަރުގޭގެ ދާއިމީ ނިއުމަތް މަރުހޫމަށް މިންވަރު ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.އޭނާއަކީ ގައުމީ ދިފާއީ ބާރުގައި 21 އަހަރާއި 7 މަހާއި 16 ދުވަހު އިޚްލާސްތެރިކަމާއެކު ހިދުމަތްކުރައްވާފައިވާ ބޭކަލެއްކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. ކުއްލި ގޮތަކަށް އަބްދުއްރަހުމާން ނިޔާވި ސަބަބެއް އަދި ނޭނގެ އެވެ.