ޚަބަރު
ކުރީގެ ހަ ރައީސުންނަށް ހިދުމަތް ކުރެއްވި އިބްރާހީމް ހަލީމް އަވަހާރަވެއްޖެ
ކުރީގެ ހަ ރައީސުންނަށް ހިދުމަތް ކުރެއްވި އިބްރާހީމް ހަލީމް އަވަހާރަވެއްޖެ އެވެ.

އުމުރުން 76 އަހަރުގައި ހަލީމް އަވަހާރަވިއިރު އޭނާ ބަލިވެ އުޅުއްވާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. 

މ. ފަތްކޯނި، ހަލީމް ވަނީ ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު  2021 ގައި ހާސިލު ކުރައްވައިފަ އެވެ.

ކުރީގެ ރައީސް އިބްރާހީމް ނާސިރާއި މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދާއި މުހައްމަދު ވަހީދު ހަސަން މަނިކުގެ އިތުރުން އަބްދުﷲ ޔާމީނާއި އިބްރާހީމް މުހައްމަދު ސޯލިހު އަރިހުގައި ހަލީމް ވަނީ ހިދުމަތް ކުރައްވާފަ އެވެ.

ހަލީމް އަވަހާރަވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ އާއިލާއަށް ތައުޒިޔާ ދަންނަވާފަ އެވެ.

ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ބައި ގަރުނަށްވުރެ ދިގު މުއްދަތުގެ އިހުލާސްތެރި ހިދުމަތުގެ ބޮޑުބަޔެއް މަރްޙޫމް އިބްރާހީމް ހަލީމް ހޭދަކުރެއްވީ މުލީއާގޭގަައިކަން ފާހަގަ ކުރައްވާފަ އެވެ.
 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު