ޚަބަރު
ހުޅުމާލެ ފަޅުތެރެެއަށް ފޭބި މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
އިއްޔެ އިރުއޮއްސުނު ފަހުން ހުޅުލޭ ފަޅުތެރެއަށް ވަލެއް އައްސަން ފޭބި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ މަރުވެފައިވާ އޮއްވާ މިއަދު ފެނިއްޖެ އެވެ. 

ރޭ އިރުއޮއްސުނު އިރު މޫދަށް ފޭބި މީހާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ މިއަދު ހެނދުނު އެވެ. އެމްއެންޑީއެފް އިން ބުނީ ހުޅުލޭ ސީ ޕްލޭން ޓާމިނަލްގެ އުތުރުން އޮންނަ ފަޅުގައި އަޅާފައި އޮތް ތެޔޮ ބާޖަކުން މޫދަށް ފޭބި ފަޅުވެރިޔާ ހޯދަމުން ދަނިކޮށް، ހުޅުމާލޭ ފަޅުތެރެއިން އޭނާ ފެނިފައިވާ ކަމަށެވެ.

ފެނުނުއިރުވެސް އޭނާ އޮތީ މަރުވެފަ އެވެ. މިހާދިސާގައި ނިޔާވެފައި ވަނީ 48 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ހޯދުމުގެ އޮޕަރޭޝަންގައި އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސަރވިސް އަދި އެއާޕޯޓްގެ ރެސްކިޔު ޓިމުތައް ވަނީ ހަރަކާތްތެރިވެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު