ޚަބަރު
ޝަކުވާ ހުށަހެޅުމަށް ހާއްސަ އޮފީސް ޖުލައި 26ގެ ކުރިން ހުޅުވަނީ
ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ އަންނަ ޖުލައި މަހުގެ 26 ގެ ކުރިން ހުޅުވުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެއެވެ.

"މުޅި ސަރުކާރުގެ ތެރޭގައި ހުރި ޝަކުވާތައް 24 ގަޑިއިރު އެޓެންޑުވާނެ ހާއްސަ އޮފީސްއެއް ރައީސް އޮފީހުގައި މި ހަދަނީ. އެ އޮފީސް ގާއިމްކުރުމުގެ އިދާރީ ހުރިހާކަމެއް ވަރަށް ބާރައް އެެބަ ކުރިއަށްދޭ. އެތަން ހެޑްކުރާނެ ވަރަށް އެފިޝިއެންޓު ބޭފުޅެއް އަޅުގަނޑު އައްޔަންކޮށްފިން. މަސައްކަތް މިކުރަނީ މި އޮފީސް ހުޅުވާލެވޭނެކަަމށް ޖުލައި 26ގެ ކުރިންއަށް" ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ެ ނަމުގައި އޮފީހެއް އުފެއްދެވީ މިދިޔަމަހުގެ 16 ގަ އެވެ. އަދި އެ އެފަދަ އޮފީސް އުފައްދަވާނެކަން ރައީސް އިއުލާންކުރެއްވީ ފެބްރުއަރީ 5 ގައި ދއްވި ރިޔާސީ ބަޔާނުގަ އެވެ.

ކޮންޕްލައިންޓްސް ބިއުރޯގެ ވެރިއަކަށް މިނިސްޓަރެއްގެ ފެންވަރުގައި ޑރ. މުހައްމަދު މާހިދު ޝަރީފް ވަނީ އައްޔަންކޮށްފަ އެވެ. އެ މަގާމަށް އޭނަ އައްޔަންކުރީ މި މަހުގެ 18 ގަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު