ޚަބަރު
ހިރިމަރަދޫ ކައުންސިލާއި ހުރިހާ އަތޮޅު ކައުންސިލްތައް އުވާލައްވައިފި
އައްޑޫ ސިޓީ ކައުންސިލްގެ އޮނިގަނޑަށް ބަދަލު ގެނެސް، އަތޮޅު ކައުންސިލްތަކާއި ހިރިމަރަދޫ ކައުންސިލް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން މިއަދު އުވާލައިފި އެވެ. 

ރައީސް އޮފީހުން ނެރުނު ދެންނެވުމެއްގައި ވަނީ މިދިޔަ އަހަރު ރައީސް ނެރުއްވި ދެ ގަރާރަށް ރިއާޔަތް ކުރައްވާ "އައްޑޫ މީދޫ" އަދި "އައްޑޫ ހުޅުދޫ" އަށް ވަކި ރަށު ކައުންސިލް އިދާރާތަކެއް އުފައްދަވާފަ އެވެ. އަދި ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ހިމެނޭ ސަރަޙައްދަކީ "އައްޑޫ ސިޓީ" ގެ ނަމުގައި ހިންގާ ވަކި އިދާރީ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވައި، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާވެސް އަލުން ވަނީ ތަރުތީބު ކުރައްވާފަ އެވެ.

މީގެ އިތުރުންވެސް ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ނިންމަވައި، ހިރިމަރަދޫއަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައިވާތީ، ހިރިމަރަދޫ ކައުންސިލާއި އެ ކައުންސިލްގެ އިދާރާ ވެސް ވަނީ އިއްޔެ އިން ފެށިގެން އުވާލައްވާފަ އެވެ.

ހަމަމިއާއި އެކު ލާމަރުކަޒީ ގާނޫނަށް ގެނެވުނު 17 ވަނަ އިސްލާހާ ގުޅިގެން، އަތޮޅު ކައުންސިލްތައް އުވައިލުމަށް ނިންމަވާ އެ ކައުންސިލްތަކުގެ އިދާރާތައް އިއްޔެއިން ފެށިގެން އުވައިލެވިފައިވާކަން ރައީސް ވަނީ ކަނޑައަޅުއްވައިފަ އެވެ.

މި ނިންމެވުމަކީ، މިއީ އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވައި، އެ ކައުންސިލްތަކަށް އަލަށް އިންތިހާބުކުރެވޭ މެންބަރުން އެ މީހުންގެ މަގާމާ ހަވާލުވުމާއެކު ކައުންސިލްތައް އުވޭނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާތީ ނިންމެވި ނިންމެވުމެއް ކަމަށް ރައީސްގެ އޮފީހުން ބުންޏެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު