
'އަދަދު' ނޫހުން މިދިޔަ 28 މާޗުގައި ގެނެސްދިން ޑޮކިއުމެންޓްރީއާ ގުޅޭގޮތުން ރައީސް ވިދާޅުވީ އެމަނިކުފާނާއި ގުޅޭގޮތުން ކިތަންމެ ބައިވެރި ދޮގު ވާހަކަތަކެއް އަދި ޑޮކިއުމެންޓްރީތަކެއް ވެސް ހެދިދާނެ ކަމަށާއި އެފަދަ ކަންކަމާމެދު އުފާކުރައްވާ ކަމަށެވެ."އެއީ ދީނުގައި އޮންނަނީ ވަރަށް މަތިވެރި އިސްކަމެއް ދީފައި، އެމީހަކާ ބެހޭގޮތުން ހަގީގަތެއް ނެތް ދޮގު ވާހަކަތައް ފަތުރާ، އެމީހެއްގެ އަގުވައްޓާލައި އެމީހާގެ އަބުރު ކަތިލެވިގެންދާއިރުގައި ކެތްތެރިކަން އިސްކުރުމަށް، ވަރަށް ސަވާބު ލިބޭ ކަމެއް އެއީ،" ރައީސް ވިދާޅުވި އެވެ."އަޅުގަނޑު އުފާކުރަން ٱلْحَمْدُ لِلَّٰهِ، އަޅުގަނޑު އެދެނީ ގިނައިން ޑޮކިއުމެންޓްރީ ހަދައިގެން ނެރެން،"ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި ގައުމަށް މިހާރު ބޭނުން ވަނީ ސިޔާސީ ކަންކަން ކުރާނެ، ޒިންމާދާރު އިދިކޮޅު ބައެކެވެ. "ބަތް ކައްކާ ކުޅޭ" އަދި "ދެއުޅިއެއް ނުވާ" ފަރާތްތައް އިދިކޮޅުގައި ތިބެގެން ގައުމަށް ވާނެ ފައިދާއެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، ޕީއެންސީގެ ސަރުކާރުން އޮންނާނީ ގައުމިއްޔަތާއި ދީން އިސްކޮށް، "ހަގީގީ ދިވެހީންގެރާއްޖެ"އެއް ބައްޓަންކުރުމުގެ މަސައްކަތް ކުރުމުގައެވެ.