ޚަބަރު
ކުރީގެ ނޫސްވެރިޔާ ހުސައިން ހައްޔަރުކޮށްފި
ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލައި މުޒާހަރާ އިން ހުސައިން ހައްޔަރު ކުރަނީ - ފޮޓޯ: ޖުނައިދު
ޖަލަށްލި 'އަދަދު'ގެ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ ފެށި ސިލްސިލާ މުޒާހަރާތައް ލީޑް ކުރަމުން ދިޔަ ކުރީގެ ނޫސްވެރިޔާ އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ހުސައިން ހަސަން ފުލުހުން މިރޭ ހައްޔަރުކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި، އެ ދެ މީހުން ހައްޔަރުކުރީ ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް މަޖީދީމަގަށް ނުނިކުމެ، ޗާންދަނީ މަގުގައި މަޑުކޮށްގެން ތިއްބަ އެވެ.

އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކުއްލި ގޮތަކަށް އެއްވެސް އެންގުމަކާ ނުލައި ކަމަށް ވެސް މަންޒަރު ދުށް ފަރާތްތަކުން ބުނެ އެވެ.

ރޭގެ މުޒާހަރާއިން ފުލުހުން ވަނީ 10 މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑުކިޔަމުންގެންދާ ލިޔުންތެރިޔާ ޝައްމޫން ޖަލީލް (ލޫކަސް) ހިމެެނެ އެވެ. ޝައްމޫން ހިމެނޭހެން ތިން މީހަކު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ އަމުރުކޮށްފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު