ޚަބަރު
ނަޝީދާއި ސޯލިހާއެކު މަސައްކަތްކުރަން ނިންމީ ގައުމުގެ މަސްލަހަތުގައި: ޔާމީން
ގައުމުގެ މަސްލަހަތު އިސްކޮށް ނޫސްވެރިންގެ ދިފާއުގައި ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު ސޯލިހާ އެކު މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު ވިދާޅުވީ ތިން ބާރަށް ފާރަވެރިވުމަށް ކުރާ މަސައްކަތުގައި އިން ޖަހައިގެން ނުވާނެ ކަމަށާއި އަބުރާ ބެހިއްޖެނަމަ ރީތި ގޮތަކީ އަމިއްލައަށް އަބުރުގެ ދައުވާ ކުރުން ކަމަށެވެ.

މި ސަރުކާރަށް ފާރަވެރިވުމުގެ ކަންކަން އިތުރުވެގެން އުޅެނީ، ފުރަތަމަ ދުވަހުން ފެށިގެން ހަދަމުން އަންނަ ގޯސްތައް ގިނަވުން އަންނާތީ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ޔާމީން ނިސްބަތްވެވަޑައިގަންނަވާ ޕީއެންއެފްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ތިން ރައީސުންގެ ބައްދަލުވުން މާދަމާ ރޭގެ ވަގުތެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ސިޔާސީ ތިން ވާދަވެރިން މިގޮތަށް އެކުގައި މިފަދަ ބައްދަލުވުމެއް ބާއްވަވާ މިއީ ފުރަތަމަ ފަހަރެވެ. 



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު