ޚަބަރު
ރައީސް ޔާމީންގެ ޕާޓީ އެއްްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި
ޕީއެންއެފްގެ ސަޕޯޓަރުން، އެ ޕާޓީ އޮފީސް ކުރިމަތީ ސޯފާއެއް ބަހައްޓައިގެން މުޒާހަރާ ކުރަނީ
ކުރީގެ ރައީސް އަބްދުالله ޔާމީން އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ޕާޓީ އެއްލައްކަ ރުފިޔާއިން މިއަދު ޖޫރިމަނާކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޕީއެންްއެފްއަށް ފޮނުވި ސިޓީގައި ބުނެފައިވާ ގޮތުގައި އެ ޕާޓީ ޖޫރިމަނާކުރީ ސިޔާސީ ޕާޓީގެ ގާނޫނާ ތަކުރާރުކޮށް ހިލާފުވެފައިވާތީ އެވެ.

"ތިޔަ ޕާޓީއިން ގާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 45 ވަނަ މާއްދާއާ ތަކުރާރުކޮށް ހިލާފުވެފައިވާތީ، އެ ގާނޫނުގެ 49 ވަނަ މާއްދާގެ ދަށުން 100،000 (އެއްލަކަ) ރުފިޔާއިން ޖޫރިމަނާކޮށްފީމެވެ،" އިީސީގެ ސިޓީގައިވެ އެވެ. 

މީގެ އިތުރުން ޕީއެންއެފް އާއި އެ ޕާޓީއަށް ނިސްބަތްވާ މީހުން ސިޔާސީ ޕާޓީގެ ގާނޫނާ ހިލާފަށް އަމަލުނުކުރާނަމަ، އެ އަމަލެއް ހިންގާ މީހަކަށް ވެސް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ ސިޓީގައި އީސީން ވަނީ ދީފަ އެވެ.

މީގެ ކުރިން ވެސް ޕީއެންއެފްގެ ފަރާތުން ކުރިން ދިން ޖަވާބަށް ރިއާޔަތްކުރުމެއް ނެތި، އެ ޕާޓީ ޖޫރިމަނާކުރުމަށް އީސީން ނިންމި ނިންމުމަކީ މިިނިވަން މުއައްސަސާއަކުން އަމަލުކުރަންޖެހޭ މިންގަނޑު ބޭރުން ސަރުކާރުގެ ނުފޫޒުގެ މައްޗަށް ބިނާކޮށް ހިންގާފައިވާ ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި އެ ޕާޓީން ދެކޭ ކަމަށް ވެސް އީސީން ބުންޏެވެ.

މި މަންޒަރުތައް ލައިވްކޮށް ޗެނަލް13 އިން ގެނެސްދޭތީ، އެ ލައިވް ކަވަރޭޖް ހުއްޓާލުމަށް މީޑިއާ ކޮންޓްރޯލް ކޮމިޝަނުން އެ ޗަނަލަށް އަންގާފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު