ޚަބަރު
ކައުންސިލް އިންތިހާބު: އީފާސް ބޭނުންކުރާ މައްސަލައިގައި އީސީ ގޮވައިގެން ޔާމީން ކޯޓަށް!
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންގެ ތާއީދު ފޯމު ފުރުމަށް ހަމައެކަނި އީފާސް ބޭނުންކުރާ މައްސަލައިގައި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް އިލެކްޝަންސްއާ ދެކޮޅަށް ދައުވާ އުފުލައިފި އެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އީސީން ހުޅުވާލާފައިވާއިރު، ކުރީގެ އިންތިހާބުތަކާ ހިލާފަށް މިފަހަރު އެ އިދާރާއަށް ގޮސްގެން ކަރުދާސް ފޯމު ހުށަހަޅާކަށް ނުޖެހެ އެވެ. މިފަހަރު އިންތިހާބަށް ކުރިމަތިލުމުގެ ކަންކަން ކުރަމުންދަނީ އީސީގައި ހުޅުވާފައިވާ ޕޯޓަލެއް މެދުވެރިކޮށް އީފާސްއިންނެވެ. 

ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ، ޓެކްނޮލޮޖީގެ ވަސީލަތްތަކަކީ ކިތާބީ ހެކި ނުވަތަ ޝަފަހީ ހެއްކަށް ބާރުދޭ ހެކި ނެތި ޝަރީއަތުގެ މަޖިލީހުގައި ވެސް ބަލައިގަންނަ އެއްޗެއް ނޫން ކަމަށެވެ. 

ޔާމީން ވިދާޅުވީ ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކުގައި މިނިވަންކަމެއް ނެތް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ކުރިއަށް ގެންދާނެ ކަމާމެދު ސުވާލު އުފައްދަވައި އެމަނިކުފާނު ވިދާޅުވީ ކޯޓުގައި އެ މައްސަލަ ކުރިއަށް ނުގެންދިޔަ ނަމަވެސް، ހަމައެކަނި އީފާސް ބޭނުންކުރަން ނިންމުމުގެ ގާނޫނީ ބާރު އިލެކްޝަންސްއަށް ލިބިގެން ނުވާކަން ރައްޔިތުން ގަބޫލު ކުރާނެ ކަމަށެވެ.

ޔާމީންގެ އިތުރުން ވެސް، ތާއީދު ފޯމު ފުރުމަށް ހަމައެކަނި އީފާސް ބޭނުންކުރާ މައްސަލައިގައި ކުރީގެ ހޯމް މިނިސްޓަރު، އުމަރު ނަސީރު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އިލެކްޝަންސްގެ ރައީސް، މުހައްމަދު ޒާހިދަށް އުމަރު މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުން ހޯދަންޖެހޭ 50 ސޮއި، އެ ސޮއި ދޭ ފަރާތުން އަމިއްލައަށް އީ-ފާސް މެދުވެރިކޮށް ލޮގިންވެ "ވެރިފައި" ކުރަންޖެހޭ ގޮތަށް ހަމަޖެއްސުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު