
މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި އަހުމަދު ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވުމާ އެކު، ޕީއެންސީން މަޖިލީހުގެ ނައިބު ރައީސްގެ ގޮތުގައި އިހްތިޔާރުކުރީ ސަލީމެވެ. މަގާމަށް އިންތިހާބުވެވަޑައިގަތުމަށްފަހު ޕީއެންސީ ހަރުގޭގައި ބޭއްވި ފުރަތަމަ ޖަލްސާގައި ވާހަފުޅުކަދައްކަވަމުން ސަލީމް ވިދާޅުވީ އޭނާ މަޖިލީހުގެ ރައީސްގެ މަގާމް ބޭނުން ނުވާ ކަމަށެވެ. ނަމަވެސް އެ މަގާމާ ހަވާލުވާން ނިންމީ ޕާޓީގެ މަސްލަހަތާއި ޕީއެންސީ އެތެރޭގެ ގުޅުން ބަދަހިކޮށް ވަރުގަދަ ކުރުމުގެ ނިޔަތުގައި ކަމަށެވެ.