
މިއަދު ބޭއްވި ބަޖެޓް ކޮމިޓީގައި މުގައްރިރަކަށް ސަލީމް އިންތިހާބުކުރީ ކޮމިޓީގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. ސަލީމަކީ މާލިއްޔަތު ކޮމިޓީގެ ވެސް މުގައްރިރެވެ.ބަޖެޓް ދިރާސާ ކުރާ ކޮމިޓީ އެކުލަވާލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިގްތިސާދީ ކޮމިޓީ ގުޅިގެންނެވެ. އެގޮތުން މި ކޮމިޓީގައި 22 މެންބަރުން ތިއްބަވާނެއެވެ.