ޚަބަރު
ލޯންޗެއް އެކްސިޑެންޓްވެ، ދެ މީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ
ލޯންޗް އެކްސިޑެންޓެއްގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއްވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ދެ މީހުންނާ އެކު، ދަތުރުކުރަމުން އައި "ޓުއާ ގާޑް" ނަމަކަށް ކިޔާ ލޯންޗެއް އެކްސިޑެންޓު ވެގެން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

އެކްސިޑެންޓުވީ ވިލިނގިލިން ގިރިލަންކަންފުއްޓަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ކަަމަށާއި ލޯންޗު އެކްސިޑެންޓުވީ ވިލިނގިއްޔާ ވަރަށް ކައިރީގައި އޮއްވާ ކަމަށް އެމްއެންޑީއެފުން ބުންޏެެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އެ ހާދިސާ ހިނގި ވަގުތު ލޯންޗުގައި ތިބީ ދެ ފަޅުވެރިންނެވެ. އެ ދެ މީހުންނަށް ބޮޑެތި އަނިޔާތަކެއް ވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓުވެގެން ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔައީ 38 އަހަރުގެ ދިވެހި ފިރިހެނަކާއި 30 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ. އެ ދެ މީހުންނަށް ވެސް ފަރުވާދެމުން އަންނަނީ އިމަޖަންސީ ރޫމުގައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

އެކަމަކު އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ވިދާޅެއް ނުވެ އެވެ. 

މި ހާދިސާގައި ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ލޯންޗު އެކްސިޑެންޓް ވީގޮތް ފުލުހުން ބަލަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު