ކުރިއެކޭ އެއްގޮތަށް ކުނި ނެގުމުގެ ހިދުމަތް މާދަމާ ފަށާނެ: ވެމްކޯ
އައިމިނަތު ޝިޔާޒާ
31 ޖުލައި 2026 - 18:51
0 comments
ކ. ތިލަފުށި ވެމްކޯ ސައިޓު - ފޮޓޯ: ވަން
ވެމްކޯގެ އޮޕަރޭޝަން އާންމު ހާލަތަށް ގެނެސް މާދަމާއިން ފެށިގެން، ކުރިއެކޭ ވެސް އެއްގޮތަށް ކުނި ނަގަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ވެމްކޯއިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ ޓްރާންސްފާ ސްޓޭޝަންތަކުން ދެމުން އަންނަ ހިދުމަތްތައް މާދަމާއިން ފެށިގެން ކުރިއެކޭ ވެސް އެއްގޮތަށް މެދުނުކެނޑި ލިބޭނެ ކަމަށެވެ. މީގެ ތެރޭގައި ގޭބިސީތަކުން ކުނި ނެގުމުގެ އިތުރުން، މެދުކަނޑާލާފައި އޮތް ކެޕްސް ނުވަތަ ބޮޑެތި ކުނި އުކާލަދިނުމުގެ ހިދުމަތްވެސް ހިމެނޭކަމަށް ވެމްކޯއިން ބުންޏެވެ.އެ ކުންފުނިން ބުނީ ޓްރާންސްފާ ސްޓޭޝަންތަކަށް ގެންދާ ކުނި ހުންނަން ޖެހޭނީ ކުނި އުފުލުމުގެ މިންގަނޑުތަކާ އެއްގޮތަށް ވަކިކޮށްފައި ކަމަށެވެ. އެގޮތުން، ގާކުންޏާއި ސިމެންތި ވެސް ހުންނަން ޖެހޭނީ ދެ ބަޔަކަށް ވަކިކޮށްފައި ކަމަށާއި ގާކުނި ވަކިނުކުރާ ނަމަ ވޭސްޓް ޓްރާންސްފާ ސެންޓަރުތަކުން ކުނި ބަލައިނުގަންނާނެ ކަމަށް ވެމްކޯ އިން ބުންޏެވެ.ކުނީގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށްޓަކައި އެކަށީގެންވާ ބިމެއް އެޗުޑީސީން ހަމަޖައްސައިދީފައިވާ ކަމަށް ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު