
ވެމްކޯ ސައިޓު ކުނިގޮނޑެއްގައި އަލިފާން ރޯވީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ އެވެ. އެރޭ 10:20 ހާއިރު ހިނގި އެ ހާދިސާގައި ރޯވި އަލިފާންގަނޑު މަތިރިކުރެވުނީ ހެނދުނު 8 ޖަހާކަށް ހާއިރެވެ."މި ހާދިސާއާ ގުޅިގެން ތިލަފުށިން ދެމުންދާ އެކި ހިދުމަތްތައް ހާއްސަކޮށް، މާލެ، ވިލިމާލެ، އަދި ހުޅުމާލޭގެ ޓްރާންސްފާ ފެސިލިޓީތަކުގެ އޮޕަރޭޝަންތަކަށް ވަނީ އަސަރަުކޮށްފައި،" ވެމްކޯގެ ބަޔާނުގައި ބުނެފައިވެ އެވެ. ކުނި ބަލައިގަންނަ މިންވަރު މިހާރު މަދުކޮށްފައިވާއިރު އޮޕަރޭޝަން ކުރީގެ ހާލަތަށް ގެނައުމަށް ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.