ހ. ފަހިވައި ގޭގެ ހަތް ވަނަ ފަންގިފިލާގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ރޯވި ސިޓިންގްރޫމު--
ހ. ފަހިވައި ގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހަތަރު މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި އެވެ.
މި ހާދިސާ ހިނގާފައިވަނީ ބޮޑުރަސްގެފާނު މަގުގައި ހުންނަ ގ.ފަހިވައިގޭގެ ހަތް ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގެ ސިޓިންރޫމްގަ އެވެ. އެ ހާދިސާ ރިޕޯޓުކުރުމުން ނިއްވުމުގެ މަސައްކަތް ރޭ 8:40 ހާއިރު ފަށައި 9:25 ހާއިރު ނިއްވާލެވިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
އެންޑީއެމްއޭއިން ބުނީ އެ ހާދިސާ ހިނގި ތިން ކޮޓަރީގެ އެޕާޓްމަންޓުގައި ދިރިއުޅޭ ތިން އަންހެނަކާއި ފިރިހެނަކަށް ފަސް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށެވެ. އިމާރާތުގެ އެހެން ފަންގިފިލާތަކަށް ދުމުގެ އަސަރު ކުރި ނަމަވެސް މީހުންނަށް ދިރިނޫޅެވޭ ވަރުގެ ގެއްލުންތަކެއް އެ ފަންގިފިލާތަކަށް ލިބިފައި ނުވާ ކަމަށްވެސް އެންޑީއެމްއޭ އިން ބުންޏެވެ.
އަލިފާން ރޯވާން ދިމާވި ސަބަބު އަދި އެއްވެސް އިދާރާއަކުން ނުބުނެ އެވެ.