
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައި ވަނީ މާފަންނުގައި ހުންނަ ޖާޔާކުޝަން ކައިރި ހުރި އިމާރާތެއްގައި ކަމަށެވެ.އެ ހާދިސާގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އިމާރާތުން އަރާ ދުން ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ މަންޒަރު ފެނެއެވެ.މީގެ އިތުރުން ގ. މިތުރުގޭގަ އި ވެސް މިއަދު އަލިފާނުގެ ހާދިސާއެއް ހިނގިއެވެ. އެމްއެންޑީއެފުން އަންނަނީ އެ ދެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.ފުލުހުންނާއި އެމްއެންޑީއެފުން ބުނެފައި ވަނީ ދެ ގޭގައި ރޯވި އަލިފާންވެސް މިހާރު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.