ރާއްޖޭގެ އުތުރުގައި އެންވެރިކަމަށް ނުކުމެ އުޅުނު މަސްދޯންޏަކުން ގެއްލުނު މީހަކު ރަށެއްގެ ގޮނޑުދޮށަށް ލައްގާފައި އޮއްވައި ރޭ ފަތިހު ފެނިއްޖެ އެވެ. 
އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި، މި ހާދިސާ ހިނގީ "ބަހުރު" ނަމަކަށް ކިޔާ މަސްދޯންޏެއް އެންވެރިކަން ކުރަން އުޅެނިކޮށެވެ. އެ މީހާ ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައިވަނީ މިއަދު ފަތިހު 4:00 ޖެހިފަހުންނެވެ.ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ކުރަމުން ދަނިކޮށް، އޭނާ ފެނިފައިވަނީ ހދ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ ހޮނޑާފުށީގެ ދެކުނު ފަރާތު ގޮނޑުދޮށަށް ލައްގާފައި އޮއްވައެވެ. އޭނާ ފެނުނީ ގެއްލިގެން ހޯދުމުގެ މަސައްކަތުގައި ޑިންގީއެއްގައި އުޅުނު ބަޔަކަށް، ރިޕޯޓްކުރިތާ ގާތްގަނޑަކަށް ދެ ގަޑިއިރު ފަހުންނެވެ.އެ މީހާ ފެނުމާއެކު، އަވަސް ފަރުވާ ދިނުމަށްޓަކައި ވަނީ ހދ. ހަނިމާދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. ހަނިމާދޫ ސިއްހީ މަރުކަޒާ ހަވާލާދީ އެމްއެންޑީއެފުން ބުނީ، "ފަރުވާ ދިނުމަށްފަހު އެ މީހާގެ ހާލު މިހާރު ރަނގަޅު" ކަމަށެވެ.އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެމްއެންޑީއެފުން ނުދެ އެވެ.