ޚަބަރު
އެޗްއާރްސީއެމްގެ މެންބަރު ކަމަށް ހުޅުވާލައިފި
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރު ކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލައިފި އެވެ.

އެޗްއާރްސީއެމްގެ މެންބަރުންގެ ޝަރުތުތައް

  • މުސްލިމަކު ކަމުގައިވުން؛
  • ދިވެހި ރައްޔިތަކު ކަމުގައިވުން؛
  • އުމުރުން 25 އަހަރު ވެފައިވުން؛
  • އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ކުރިކަން، ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ ނުވަތަ ޢައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން؛
  • ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން؛
  • ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
  • ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން.
ރައީސް އޮފީހުން ބުނީ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ކަމަށެވެ.

އެޗްއާރްސީއެމްގައި ފަސް މެންބަރުން ތިއްބަވަ އެވެ. އޭގެ ތެރެއިން މަގާމުގައި އެންމެ ގިނަ ދުވަސްވީ މެންބަރަކީ ސަމާއު އަހުމަދު ނަޖީބެވެ. ސަމާއު އަހުމަދު ނަޖީބު އެޗްއާރްސީއެމްގެ މެންބަރު ކަމަށް އައްޔަންކުރީ އޮކްޓޫބަރު 3، 2021ގަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު